ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

މަސައްކަތު

ގިންތި: ދާއިމީ

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސަޓާފް ގްރޭޑް 1

އަދަދު

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓް، ހޯނޑެއްދޫ/ދިވެހިރާއްޖެ

އަސާސީ މުސާރަ

-/3100 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް -/1000 ރުފިޔާ، ލިވިންގ އެލަވަންސް -/2550 ރުފިޔާ، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ، ގްރޭޑް 5 ނިންމާފައިވާކަމުގެ ލިޔުމުން ނުވަތަ ކޯޓް ނުވަތަ އިދާރާއިން ޓެސްޓެއް ދީގެންނެވެ.) ނުވަތަ؛

2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކާ އެއްފެންވަރުގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކުގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން. އަދި އުމުރުން 18 އަހަރު ފުރިފައިވުމާއި، އުމުރުން 55 އަހަރުވެފައިވާ މީހެއްކަމުގައިނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

1- މި މަޤާމަށް ހޮވޭ މީހަކު މައިގަނޑުގޮތެއްގައި ކުރަންޖެހޭނީ ކޯޓް ސާފުތާހިރިކޮށް ބެލެހެއްޓުމާއި، ދިދަނަގައި ތިރިކުރުމާއި، ލިޔުންތަކާއި، ޗިޓްފަދަ ތަކެތި އެކިއެކި ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރުން.

2- ކޯޓުން ކުރަންޖެހޭ މަސައްކަތާ ގުޅިގެން ކުރުމަށް ހަވާލުކުރާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) (ވަޒީފާ އަދާކުރި ނުވަތަ އަދާކުރަމުންދާ ލިޔުމުގައި، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.)

ސުންގަޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، 2015 މާރިޗު 10 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ފޯމް މި ކޯޓުން ލިބެން ހުންނާނެއެވެ.

 5 ޖުމާދަލްއޫލާ 1436
24 ފެބުރުވަރީ 2015
ހޯދާ