ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޯލާ ޕެނަލް ސިސްޓަމެއްް ޤާއިމުކޮށް ކަރަންޓްގެ ޚިދުމަތް ދިނުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ހދ.އަތޮޅު ކައުންސިލް އިދާރާގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބޭނުންވާތީ މިކައުންސިލް އިދާރާގައި ސޯލާ ޕެނަލް ސިސްޓަމެއްް ޤާއިމުކޮށް ކަރަންޓުގެ ޚިދުމަތް ދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

މިމަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީީ 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ހދ. އަތޮޅު ކައުންސިލް އިދާރާގައެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމުގައި ދަންނަވަމެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބުގައި ބައިވެރިވެވަޑައިގެންދެއްވުން އެދެމެވެ.

07 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ