ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެން ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިކޯޓުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް އާންމުކޮށް އިޢުލާނުކުރީމެވެ.

މަޤާމް:

އެސިސްޓެން ލީގަލް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ލީގަލް އޮފިސަރ

އަސާސީ މުސާރަ:

މަހަކު -/9،412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2،550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓް (ފ. ނިލަންދޫ)

ތަޢުލީމާއި ތަޖުރިބާ:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި އަދާކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރި ކާވެންޏާއި، އެގްރިމެންޓް ރަޖސްޓްރީކުރުމަށް ހުށަހަޅާ ފޯމްތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތުތައް ފުރިހަމަވެފައިވޭތޯ ބަލައި ޗެކްކުރުން.
  2. ކޯޓަށް ހުށަހެޅޭ މައްސަލަތައް މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ސެކްޝަންތަކާ ހަވާލުކުރުމާއި، މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް އެކުލަވައިލުމަށް މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.
  3. އެކިއެކި ކޯޓުތަކުން ބަޔާންނެގުމަށާއި، މީހުން ހާޒިރުކޮށްދެއްވުމަށް އަންނަ މެސެޖުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން  ބަޔާންތައް ނެގުން.
  4. ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް، ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ކުރުން.
  5. ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބަލައި، މައްސަލައިގެ ފައިލް ޢަރުޝީފާ ހަވާލުކުރުން.
  6. އެގްރިމެންޓް ރަޖިސްޓްރީކުރުމާބެހޭ އިދާރީ މަސައްކަތްކުރުން.
  7. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް ހޯދަން އެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާޢިދުން ދޫކުރުން.
  8. ޝަރީޢަތާބެހޭ ބަޔާންތައް ނަގައި، ބަޔާންތައް ތައްޔާރުކުރުން.
  9. މިނޫންވެސް، ޝަރީޢަތާބެހޭ ސެކްޝަންތަކުގެ މަސައްކަތްތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސް، ލިވިންގ އެލަވަންސް، ޖުޑީޝަލް އެލަވަންސް، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މެޖިސްޓްރޭޓު ކޯޓުތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓު www.judiciary.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން.
  5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ނުވަތަ ވަޒީފާއެއް އަދާކުރަމުންދާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް އެތަނެއްގެ ތައްގަނޑުޖެހި ލިޔުން.
  6. އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާމީހުން ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ.
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އެހެނިހެން ކަންތައްތައް:

  1. މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ، މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށް ވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކަށްވެގެން ނުވާނެއެވެ.
  2. ފެކްސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައްވެސް ބަލައިގަނެވޭނެއެވެ. އެހެންނަމަވެސް އިންޓަވިއުއަށް ހާޒިރުވާއިރު ފޯމުގެ އަޞްލު ގެންނަންވާނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު ފޯމުގެ އަޞްލު ނުގެނެސްފިނަމަ، ފޯމް ބާޠިލުކުރެވޭނެއެވެ.
  3. އިންޓަވިއުއަށް ޙާޟިރުވާއިރު، ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި، އިންޓަވިއުގައި ހޯދާ މާކުހުގެ ޖުމްލައަށް ބަލައިގެންނެވެ.

އިންޓަވިއު:

 މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން 2015 މާރިޗު 10 ވާ ހޯމަދުވަހުން ފެށިގެން މި ކޯޓުގައްޔާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، އެ ތާރީޚުން ފެށިގެން އިންޓަރވިއުއަށް ތައްޔާރުވެ ރަށުގައި ހާޒިރުވެ ތިބުން އެދެމެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި އޮންނަ އިންޓަވިއުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ލަސްވެގެން 2015 މާރިޗު 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓުގެ 6740067 ނަންބަރު ފޯނަށް ގުޅައިގެން ނަންނޯޓުކުރުން އެދެމެވެ. 

 އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6740067 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740600 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

3 ޖުމާދަލްއޫލާ 1436

22 ފެބުރުވަރީ 2015
ހޯދާ