ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ބޯޓުފަހަރަށް މުދާ ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ގއ.ވިލިނގިލި ފިހާރައިގައި ހުންނަ ގުދަނަށް އެސްޓީއޯގެ ބޯޓުފަހަރުންނާއި އެހެނިހެން ބޯޓުފަހަރުން ގެންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ގއ.ވިލިނގިލި ފިހާރައިގެ ގުދަނުގައި ޖެއްސުމާއި އެސްޓީއޯ ބޯޓުފަހަރަށާއި އެހެނިހެން ބޯޓުފަހަރަށް އެސްޓީއޯ ގއ.ވިލިނގިލި ފިހާރައިގެ ގުދަނުން މުދާ ނެރެގެން ގެންްްގޮސް ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 30 ވާ އަންގާރަ ދުވަހުގެ 11:00 އަށް ގއ.ވިލިނގިލި ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 09 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ، ގއ.ވިލިނގިލި ފިހާރައަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ :

ފޯން : 3344374 ، 3012402

ފެކްސް : 3344633

[email protected] :އީމެއިލް

22 ފެބުރުވަރީ 2015
ހޯދާ