ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކްސްޓާނަލް ޓްރެއިނަރުން ހޯދުމާބެހޭ

އިޢުލާން

 އެކްސްޓާނަލް ޓްރެއިނަރުން ހޯދުމާބެހޭ:

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ހދ. އަތޮޅު ކައުންސިލް ގުޅިގެން، ސިވިލް ސަރވިސްގެ ހދ. އަތޮޅުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްތަކުގައި ތިރީގައިވާ ދާއިރާތަކުން ކިޔަވައިދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

  1. މެނޭޖްމަންޓް
  2. ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  4. ޕަބްލިކް ޕޮލިސީ
  5. މީޑިއާ އެންޑް ޕްރެޒެންޓޭޝަން
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  7. އެންޓަރޕްރިނިއަރޝިޕް
  8. ޕާސަނަލް މެނޭޖްމަންޓް
  9. އިންފޮމޭޝަން ޓެކްނޮލޮޖީ
  10. ޕްރޮޖެކްޓް މެނޭޖްމަންޓް
  11. ސައިކޮލޮޖީ
  12. ސޮފްޓް ސްކިލްސް
  13. ދިވެހި ބަސް
  14. އިނގިރޭސި ބަސް
  • ސިޓީ ފޮނުއްވަވާއިރު، އެ ބޭފުޅަކު ކިޔަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ދާއިރާތައް އެނގޭނެގޮތަށް ޖެއްސެވުން އެދެމެވެ.

 ވީމާ، ޓްރެއިނިންގ ނަންގަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިކަމަށް އެދިވަޑައިގެން، އެ ފަރާތެއްގެ ސިޓީއާއި، ވަނަވަރާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ މި ކައުންސިލަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ޓްރެއިނިންގ ނަންގަވައިދެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާ ފަރާތްތައް، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޓްރެއިނަރސް ރެޖިސްޓްރީގައި ހިމެނޭނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ޓްރެއިނަރުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ތަޢުލީމު
  • ކިޔަވައިދިނުމުގެ ތަޖުރިބާ
  • މަސައްކަތުގެ ތަޖުރިބާ

 

ހުށަހަޅުއްވަންވީ ތާރީޚު:

2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހދ. އަތޮޅު ކައުންސިލް އިދާރާއަށް (އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. 

- މެއިލް އެޑްރެހަކީ، [email protected] އެވެ.

- ފެކްސް ނަންބަރަކީ، 6528875 އެވެ.)

3 ޖުމާދަލްއޫލާ 1436

22 ފެބުރުވަރީ 2015
ހޯދާ