މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލެބް ކެމިކަލް އަދި އިކްއިޕްމަންޓް ގަތުމަށް

ލެބް ކެމިކަލް އަދި އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ

ސަދަން އެޑިޔުކޭޝަން ޔުނިޓްގެ 13 ސްކޫލްތަކަށް ލެބޯޓްރީ ކެމިކަލްސް އަދި އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

23 ފެބުރުވަރީ 2015 (ހޯމަ) ދުވަހުގެ 14:00 އަށް

05 މާރިޗު 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

27 ރަބީޢުލްއާޚިރު 1436

17 ފެބުރުވަރީ 2015
ހޯދާ