ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކުކް

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ކުކް

އަދަދު: 01

ކޮންޓްރެކްޓް މުއްދަތު: 09 މަސްދުވަސް

އަސާސީ މުސާރަ: -/7710 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެމް.ޓީ އަލިހުރަސް

އެހެނިހެން އިނާޔަތްތައް:

  • ފިކްސްޑް އޯވަރޓައިމް އެލަވަންސް: -/3855ރ.
  • ޓޭންކަރ އެލަވަންސް: 1156.50ރ.
  • ލީވްވޭޖަސް: -/7710ރ. ކޮންޓްރެކްޓް ފުރިހަމަކުރުމުން.
  • ޕެންޝަން: ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކެއުން ތައްޔާރުކުރުން.
  • ބޯޓުފަހަރުގެ ކެއުމުގެ ކަންތައް ހަމަޖެއްސުން.
  • ކެއުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

  • މަސައްކަތާގުޅޭ ދާއިރާއަކުން ތަޢުލީމް ހާސިލުކޮށްފައިވުން އަދި މަދުވެގެން ދެއަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ފެބުރުވަރީ 26 ވާ(ބުރާސްފަތި) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓު/މެޑިކަލް ރިޕޯޓު/ ކުށުގެރިކޯޑަށްބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272   ފެކްސް: 3344041  ވެބްސައިޓް: www.stomaldives.com

                                          12 ފެބުރުވަރީ 2015                                                                                                                               

12 ފެބުރުވަރީ 2015
ހޯދާ