މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ކާރގޯ ހޭންޑް                             

ބޭނުންވާ އަދަދު: 07

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ކާރގޯ ސަރވިސަސް ސެކްޝަން

ޝަރުޠު:  - ގްރޭޑް 7 ނިންމާފައިވުން.

       - ޝިފްޓް ޑިއުޓީ އަދާކުރެވޭ ފަރާތެއްކަމުގައިވުން

އުމުރު:   25އާއި –  40 އާ އަހަރާ ދެމެދު.

މުސާރަ: މަހަކު -/9,000 ރުފިޔާ އާއި -/10,000 ރުފިޔާ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

 • އެކްސްޕޯޓްކުރާ ކާރގޯ އަންލޯޑްކޮށް އަދި ޖެޓީއަށް ގެންދަން ޖެހޭ ކާރގޯ ގެންދިއުން.
 • އޫ.އެލް.ޑީއަށް ކާރގޯ އެރުވިފައި ހުރީ ސޭފްޓީއާއި ސެކިއުރިޓީއާ އެއްގޮތަށްތޯބަލައި ޗެކްކުރުން.
 • އޫ.އެލް.ޑީއަށް ލޯޑްކުރާ ކާރގޯ ކަންއުންޓް ކުރުމާއި އަދި އެއަރލައިންގެ ސްޓޭންޑްސްއާ އެއްގޮތަށްތޯ ބަލައި ޗެކްކުރުން.
 • މުދާތައް ގުދަންކުރުމުގައި ބަހައްޓަން ކަނޑައެޅިފައި ހުންނަ ތަންތަނުގައި ސުޕަވައިޒަރު އަންގާގޮތަށް ބެހެއްޓުން.  
 • ކާރގޯ އޮފީސްތެރެއާއި ގުދަންތެރެ އަބަދުވެސް ސާފުކޮށް ބެލެހެއްޓުން.

މަޤާމު: ހައުސްކީޕަރ

ބޭނުންވާ އަދަދު: 04

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ޓަރމިނަލް ސަރވިސަސް

ޝަރުޫ:  - ގްރޭޑް 8 ގެ ފެންވަރު ހުރުން.

      - ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

އުމުރު: އުމުރުންް 25އާއި – 40 އާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރަ: މަހަކު -/9,000 ރުފިޔާ އާއި -/10,000 ރުފިޔާ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 • ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް ފަތުރުވެރިންނަށް ސާފު ތާހިރު، ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުން.
 • މަސައްކަތްކުރުމުގައި އެންމެހައި ސަލާމަތީ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތްކުރުން.
 • ސުޕަވައިޒަރުންގެ އިރުޝާދާ އެއްގޮތަށް މެޝިން އަދި ޓޫލްސް ބޭނުންކުރުމާއި، އެތަކެއްޗަށް ރައްކާތެރިވުން.
 • ޓަރމިނަލްގައި ބެހެއްޓިފައިވާ އެންމެހައި ފަރުނީޗަރު ސާފުކޮށް ބެލެހެއްޓުން.
 • ސްޓާފުން ޑިއުޓީއަށް މަދުވާ ޙާލަތްތަކުގައި ސުޕަރވައިޒަރަކު އަންގައިފިނަމަ އިތުރުގަޑީގައި ޑިއުޓީ އަދާކުރުން.
 • އިމާރާތުގެ ނުވަތަ ފާޚާނާތަކުގެ މެއިންޓަނަންސްގެ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިއްޖެ ހިނދެއްގައި ސުޕަރވައިޒަރަށް ރިޕޯޓުކުރުން.
 • އެމަރޖެންސީ ހާދިސާ/ ކާރިސާ، މޫސުން ގޯސްވުން ފަދަ ކަންތައްތައް މެދުވެރިވެގެން އުޅޭ ހިނދެއްގައި ދެވޭ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން.

މަޤާމު: އިކުއިޕްމަންޓް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 05

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ރޭމްޕް ސަރވިސަސް  

ޝަރުޫ : - ގްރޭޑް 08 ގެ ފެންވަރު ހުރުން.

      - B1 ނުވަތަ C1 ކެޓަގަރީ ނުވަތަ އެއަށް ވުރެ މަތީގެ ޑްރައިވިންގް ލައިސަންސެއް އޮތުން.

      - ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

އުމުރު : އުމުރުންް 25 އާއި 40 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރަ: މަހަކު -/10,000 ރުފިޔާ އާއި -/ 11,000 ރުފިޔާ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 • ބެގޭޖް ޓްރެކްޓަރ ދުއްވުމާއި، މަތިންދާބޯޓަށް އަރުވާ އަދި ބާލާ ލަގެޖް ނުވަތަ ކާގޯ އުފުލުން.
 • މަތިންދާ ބޯޓަށް ހައިލޯޑަރު އަދި ކޮންވެޔަރ ބެލްޓުގެ ޚިދުމަތްދިނުން.
 • މަތިންދާ ބޯޓަށް ސިޑި ގެންގޮސް ގެނެސްދިނުން.
 • ރޭމްޕްގައި ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެހެނިހެން ވެހިކަލްތައް ދުއްވުން.
 • މަސައްކަތްކުރުމަށްފަހު މަސައްކަތުގެ މާޙައުލު ސާފުކުރުން.

މަޤާމު: ޕޯޓަރ

ބޭނުންވާ އަދަދު: 09

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޓަރމިނަލް ސަރވިސަސް

ޝަރުޫ:  - ގްރޭޑް 8 ގެ ފެންވަރު ހުރުން.

       - ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.   

އުމުރު: އުމުރުންް 25 އާއި 40 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރަ: މަހަކު -/9،000 އާއި -/ 10,000އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 • އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޓަރމިނަލްގައި ފަސިންޖަރުން ބޭނުންކުރުމަށްޓަކައި ޓްރޮލީތައް އަތުރައި ބެލެހެއްޓުން.
 • ފަސިންޖަރުން އެދިއްޖެ ހިނދެއްގައި ލަގޭޖް ގެންދިޔުމަށް އެހީތެރިވުން، ޚާއްޞަކޮށް ދުވަސްވީ ފަސިންޖަރުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަސެންޖަރުން އަދި ތުއްތުކުދިން ގޮވައިގެން އުޅޭ އަންހެން ފަސިންޖަރުންނަށް އެހީތެރިވުން.
 • ބެޖޭގް ސްޓޯރ ރޫމްގައި ލަގޭޖް ބަލަހައްޓައި، ސެކްޝަނަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހަމަކުރުން އަދި ޓްރޮލީތަކުގެ ސާފުތާހިރުކަން ޗެކްކޮށް ބެލެހެއްޓުން.
 • ފަސިންޖަރުންނަށް ފޮރުޅުލީ ގޮނޑި އަދި ފުރޮޅުލީ އެނދުގެ ޚިދުމަތް ދިނުން.

މަޤާމު: އެސިސްޓެންޓް ރޭމްޕް ސަރވިސަސް އޮފިސަރ

ބޭނުންވާ އަދަދު: 3

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ރޭމްޕް ސަރވިސަސް  

ޝަރުޠު : - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ (ދިވެއްސާއެކު) 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

އުމުރު: 18 އާއި 35 އަހަރާ ދެމެދު.

މުސާރަ: މަހަކު -/10,000 ރުފިޔާ އާއި -/ 11,000 ރުފިޔާ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 • އެއަރކްރާފްޓް މާޝަލް ކުރުމުގެ މަސައްކަތް ކުރުން
 • ފްލައިޓްތައް ސުޕަރވައިޒް ކުރުމާއި، ބެގޭޖް އެރައިވަލް އަދި ޑިޕާރޗަރ ސުޕަރވައިޒް ކުރުން.
 • ވެހިކަލް ޗެކްލިސްޓް ބަލައި ޗެކް ކުރުމާއި އަންގަންޖެހޭ ފަރާތްތަކަށް އެންގުން
 • ކޮންސޯލް ޑިއުޓީ އަދާކޮށް ފޯންކޯލްތަކަށް ޖަވާބުދާރީވުން.
 • ކޭޝް އިންވޮއިސް  އަދި ލީޒްނޯޓް  ތައްޔާރުކުރުމާއި، ފްލައިޓްތަކުން އަދާކުރާ ޕޭމަންޓްތައް ހަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.
 • ޔޫ.އެލް.ޑީ ސްޓޮކް ބެލެހެއްޓުން.

މަޤާމު: އެސިސްޓަންޓް ޕްރޮކިޔުމެންޓް އޮފިސަރ

ބޭނުންވާ އަދަދު: 02

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޕްރޮކިއުމަންޓް އެންޑް ސްޓޯސް.  

ޝަރުޠު : - އޭ ލެވެލް ހަދާފައިވުމާއެކު އިންގްލިޝް މި މާއްދާއިން މަތީ ފެންވަރަކަށް ފާސްވެފައިވުން.

      - ސީ.ޕީ.އީ އިން ނަމަ "ސީ" ފާސް ނުވަތަ އެއަށް ވުރެ މަތިން ހާސިލުކޮށްފައިވުން.

      - އައި.އީ.އެލް.ޓީ.އެސް (އެކަޑަމިކް) އިން ނަމަ 6.5 ނުވަތަ އެއަށް ވުރެ މަތިން މާކްސް ލިބިފައިވުން.

      - ޓޮފްލް  ޕޭޕަރ ބޭސްޑް އިމްތިޙާނުން ނަމަ، ލިޔުމުގެ ޓެސްޓުން 4.5 ޕޮއިންޓް ނުވަތަ އެއަށް ވުރެ މަތިން ލިބިފައިވުމާއެކު، 580 ޕޮއިންޓް ނުވަތަ އެއަށް ވުރެ މަތިން ހާސިލުކޮށްފައިވުން.

      - އިންޓަރނެޓް މެދުވެރިކޮށް ޓޮފްލް (އައި.ބީ.ޓީ) ހަދާފައިވާނަމަ އެންމެ ދަށްވެގެން 92 ޕޮއިންޓް ޙާސިލްކޮށްފައިވުން.

      - އެސް.އެސް.ސީ ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

      - ޕްރޮކިއުމަންޓް އަދި ޓެންޑަރގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަތަކަށް އިސްކަން ދެވޭނެއެވެ.

      - 20 އާއި 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

      - މުސާރަ އާއި އިނާޔަތަށް -/10,000ރ އާއި -/11,000ރ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 • އަންދާސީހިސާބާ ބެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ސަރުކާރުގެ ގެޒެޓައަށް ފޮނުވުން. އަދި ދުވަހު ނޫސްތަކުގައި ޖަހަން ޖެހޭ އެއްޗެއް ނަމަ އެފަރާތްކަށް ވެސް ފޮނުވުން.
 • އަންދާސީހިސާބާ ބެހޭ ޖަލްސާތައް ރާވައި ހިންގުން.
 • އަންދާސީހިސާބާ ބެހޭ ގޮތުން ނިންމަންޖެހޭ އެންމެހައި ނިންމުންތައް ނިންމާ ހޮވޭ ފަރާތަށް އެކަން އެންގުން.
 • މުދާ ގަންނަން ޖެހިއްޖެ ހާލަތެއްގައި އެކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 • ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
 • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 
 • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި އަދި މިހާރު އަދާކުރާ ވަޒީފާއާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
 • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓްގެ ކޮޕީ .

ކުރިމަތިލުމުގެ ސުންގަޑި: 19 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 16:00ގެ ކުރިން.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ: ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

                          މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް

                          ހުޅުލެ ، ދިވެހިރާއްޖެ. 

އިތުރު މަޢުލޫމާތު : ފޯނު - 3325511    

 އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

                     22 ރަބީޢުލްއާޚިރު 1435 ހ.

16 ފެބުރުވަރީ 2015
ހޯދާ