މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ޖީއައިއެސް އޮފިސަރ

އިޢުލާން

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޖީއައިއެސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް އެސް 1 (މެނޭޖީރިއަލް ސާރވިސް 1) / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ / ސްޕޭޝަލް ސެކްޝަން ، ކ. މާލެ

މަޤާމުގެ ނަންބަރު

256980

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/5610 ރ

ސަރވިސް އެލަވަންސް: -/2000ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

މަޤާމުގެ  މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ (ޖިއޮގްރަފީ، ކާޓޮގްރަފީ، ޖީއައިއެސް، ކޮމްޕިއުޓަރ ޕްރޮގްރާމިންގ އަދި ޑޭޓާބޭސް މެނޭޖްމަންޓް) އަކުން:

 • ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުން، ނުވަތަ
 • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 1. ރާއްޖޭގައި ޤުދުރާތީގޮތުން އުފެދިފައިވާ ތަންތަނުގެ ނަންތަކުގެ އިންފޮމޭޝަން ސިސްޓަމެއްގައި ހިމެނޭ ޑޭޓާތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 2. ރާއްޖޭގައި ޤުދްރަތީގޮތުން އުފެދިފައިވާ ތަންތަނުގެ ރަސްމީ ޑިސްކްރިޕްޝަނެއް ތައްޔާރުކޮށް އަދި އެތަންތަނަށް ކިޔާނެ ރަސްމީ ނަންތަކުގެ ލިސްޓު ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
 3. މެޕްތަކާއި އޭރިއަލް ފޮޓޯތައް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ބޭނުންވާ އިމޭޖިންގް ޕްރޮސެސިންގ މަސައްކަތްކުރުން.
 4. ރާއްޖޭގައި ކުރެހޭ މެޕްތަކުގެ ސްޓޭންޑަޑްތަކެއް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
 5. ޖީއައިއެސް އެޕްލިކޭޝަންތައް ބޭނުންކުރުމާއި، އެންޖީއައިއެސްއާބެހޭގޮތުން ސަރުކާރުގެ އޮފީސްތަކައް ޓްރޭނިނިންގ ރާވައި ހިންގުމުގައި އެހީތެރިވުން.
 6. ސެކްޝަނުން އެތާގެ މުވައްޒަފުންނަށް ހިންގާ ކުރުމުއްދަތުގެ އިންހައުސް ޓްރެއިނިންގ ރާވައި ހިންގުމުގައި އެހީތެރިވުން.
 7. ޖީއައިއެސްއާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުމުގައި އެހީތެރިވުން
 8. މަތީގައިވާ ކަންތައްތަކާ ގުޅިގެން:
  • ފޮނުވަންޖެހޭ ސިޓީ ޑްރާފްޓްކުރުން، ސިޓީތަކާއި ލިޔުންތައް ފައިލްކުރުން އަދި ފައިލްތައް ބެލެހެއްޓުން.
  • މިނިސްޓްރީގެ ސެކްޝަންތަކަސް ފޮނުވަންޖެހޭ މެމޯ ޑްރާފްޓްކޮށް ފޮނުވުމާއި މެމޯ ފައިލްކޮށް ބެލެހެއްޓުން.
  • އެހެން އޮފީސްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ކުރުން
  • ސެކްޝަނަށް އަންނަ ސިޓީތަކާއި ސެކްޝަނުން ބޭރަށްފޮނުވަންޖެހޭ ސިޓީތައް އެންޓަރކޮށް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004265  ފޯނަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 1. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
 • ސުންގަޑި: 02 މާރިޗު 2015 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން 
 • އިންޓަރވިއު ބޭއްވޭނެ މުއްދަތު:

މާރިޗު މަހުގެ ތެރޭގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ (http://www.housing.gov.mv ) ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (މޯލްޑީވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
 • މަސައްކަތާ ގުޅުން ހުރި ތަޢުލީމީ ސެޓްފިކެޓް ލިބިފައި ނުވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓްފިކެޓްގެ ލެވެލް އެނގޭނެ ލިޔުމެއް ހުށަހެޅުން (ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް)
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
 • ވަޒީފާ އަދާކުރިކަމުގެ ލިޔުންތައް
 • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތަކާއި އަދި ސީވީ ފިޔަވައި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ ކޮޕީ.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

26 ޖުމާދަލްއާޚިރާ 1436

16 ފެބުރުވަރީ 2015
ހޯދާ