މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ ބައެއް މަގުތައް ހިނގާފައި އުޅޭ ސަރަޙައްދު ކަމުގައި ކަނޑައެޅުން

މާލޭގެ ބައެއް މަގުތައް ހިނގާފައި އުޅޭ ސަރަޙައްދު ކަމުގައި ކަނޑައެޅުން

މާލޭގެ މަގުތަކުގެ ތެރެއިން ބައެއްމަގުތައް ހިނގާފައި އުޅޭ ސަރަޙައްދު ކަމުގައި ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މިގޮތުން 15 ފެބުރުވަރީ 2015 އިން ފެށިގެން ހިނގާފައި އުޅޭ ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާ ސަރަޙައްދުތަކަކީ:

  1. ހެންވޭރު ހީނާ ގޯޅި
  2. ހެންވޭރު ރަތްވިލާގޯޅި
  3. ހެންވޭރު ބުރަވި މަގު ހުޅަނގުން އޮތް ހަނިގޯޅި

މިދެންނެވި ސަރަޙައްދުތަކުގެ ގޭގޭގައި އުޅޭ މީހުން ގެންގުޅޭ ދެފުރޮޅުލީ އުޅަނދުތައް ޕާރކް ކުރުމަށް ޚާއްޞަ ޕާރކިންގ ސަރަޙައްދެއްގެ ގޮތުގައި ޖަނަވަރީމަގާއި ބުރެވިމަގުގައި ވަކިސަރަޙައްދެއް ހަދައި ފާހަގަ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ކުރިއަށް ރޭވިފައިވާ "ހިނގާ ސަރަޙައްދު" ތަކުގެ މަޢުލޫމާތު ވަކިވަކިން އިޢުލާނު ކުރަމުން ގެންދެވޭނޭ ވާހަކަވެސް ދެންނެވީމެވެ.

21 ރަބީޢުލްއާޚިރު 1436

11 ފެބުރުވަރީ 2015
ހޯދާ