ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މެޝިނަރީ ހޯދުމަށް

މި އިދާރާއަށް ބޭނުންވާ ބައެއް މެޝިނަރީ ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: C/2015/02-ފ237 (03 ފެބުރުވަރީ 2015) އިޢުލާނުގައި މިއިދާރާއަށް ހޯދަން ބޭނުންވާ ބައެއް ތަކެތި ހިމެނިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި އިދާރާއިން ދޭ ސްޕެސިފިކޭޝަނާއި، މަޢުލޫމާތާ އެއްގޮތަށް ތިރީގައިމިވާ ތަކެތި ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1- 2 ކޮމްޕިއުޓަރ ސިސްޓަމް

2- 1 ލެޕްޓޮޕް

3- 1 ޕްރިންޓަރ

4- 1 ލެމިނޭޓް މެޝިން

5- 1 އެގްޒެކްޓިވް މޭޒު

6- 2 ފައިލް ހަރުގަނޑު

ވުމާއެކު، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ފެބުރުވަރީ 17 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ފެބުރުވަރީ 19 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވެގެން ހޯދާ ތަކެތީގެ އަންދާސީހިސާބު " މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

08 ފެބުރުވަރީ 2015
ހޯދާ