މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮޓަރިއެއްގެ މަރާމާތުތައް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގެ ކޮޓަރިއެއްގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކުރުމަށް ބޭނުންވެއްޖެއެވެ.

  • ބިތްގަނޑު މަރާމާތު ކުރުން
  • ވޯލްޕޭޕަރ ބަދަލުކުރުން
  • ސީލިންގ ބަދަލުކުރުން
  • ދޮރުފޮތި ބަދަލުކުރުން
  • ކާޕެޓް އެޅުން
  • ހޮޅިބުރިތައް އެނާރޖީ ސޭވިންގ ޑައުންލައިޓަށް ބަދަލުކުރުން

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

18 ރަބީޢުލްއާޚިރު 1436     

08 ފެބުރުވަރީ 2015
ހޯދާ