ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު (ދާއިމީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސުކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް

މަސައްކަތު (ދާއިމީ)

ރޭންކް

އެސް.އެސް 1

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރައާއި ޢިނާޔަތްތައް

މުސާރަ: މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

(މީގެއިތުރުން، އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން / ސެކްޝަން

ރަސްގެތީމް ސްކޫލް / އެޑްމިން ސެކްޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

- ސްކޫލުން އަންގާ ގޮތެގެ މަތިން، ކްލާސް ރޫމްތައް ކުނިކަހައި، ފޮހެ، ސާފުކޮށް ބެލެހެއްޓުން.

- ތަށިމުށި ޖަހާފައިވާ ކްލާސްރޫމްތަކާއި، ލައިބްރަރީ، ކޮމްޕިއުޓަރ ލެބް، ސްޓާފް ރޫމް ފަދަ ތަންތަނުގައި  މޮޕްލުން.

- ކްލާސްރޫމްތަކުގައްޔާއި، ސްކޫލުގައި ހުންނަ ޑަސްބިންތައް ސާފުކޮށް ކުނި އުކައިލުން.

- ދަރިވަރުންގެ ފާޚާނާއާއި، މުވައްޒަފުންގެ ފާޚާނާ ސާފުކޮށް ބެލެހެއްޓުން.

- އޮފީހާއި، ސްޓާފްރޫމް، ލައިބްރަރީ، ކޮމްޕިއުޓަރ ލެބް، އެލް.ޓީ ރޫމް ސާފުކޮށް ބެލެހެއްޓުން.

- އިމަރާތްތަކުގެ ފަރުނީޗަރުތަކާއި، ފަންކާތަކާއި، ދޮރުތަކާއި، ފާރުތަކުން މަކުނުވާ ފޮޅުމާއި، ހިރަސްފޮޅައި، ސާފުކޮށް ބެލެހެއްޓުން.

-  ސްކޫލުގެ ގޯތިތެރެއާއި މަގުމަތި ކުނިކަހައި، ވިނަނޮޅައި، އުކާލަންޖެހޭ ތަކެތި އުކާލައި، ސާފުކޮށް ބެލެހެއްޓުން.

- ސްކޫލުގެ ގޯތިތެރޭގައި ހުރި ގަސްތައް ބެލެހެއްޓުން.

- ސްކޫލުގެ ފެންވަޅުތަކާއި، ބޯފެން ތާނގިތަކާއި، ފުރާޅާއި، ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.

- އެކިއެކި ޖަލްސާތަކާއި މުނާސަބަތުތަކަށް ބޭނުންވާ ގޮނޑި ޖަހައި ތައްޔާރުކުރުން.

- ސްކޫލުން އަންގަންޖެހޭ އެންގުންތަކާއި ދެންނެވުންތަކަށް ކިޔުން.

- ސްކޫލަށް ބޭނުންވާ ތަކެތި، ސްކޫލުން އަންގާ ގޮތެއްގެ މަތިން ގަތުމާއި، އެތަކެތި ގެނައުން.

- ސްކޫލުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ، އެކަންކަމުގައި އެހީތެރިވެދިނުން.

-  އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރާ އެންމެހައި ކަންތައްތައް ކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވެ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް ބާއްވާ އިންޓަވިއު އޮންނާނީ ރަސްގެތީމް ސްކޫލުގައެވެ. އިންޓަވިޔު އޮންނަ ތާރީޚު، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް އެންގޭނެއެވެ.

ސުންގަޑި

މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ފެބުރުވަރީ 17 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ރަސްގެތީމް ސްކޫލަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދޭ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި، ސްކޫލުގެ އިދާރާގެ ފޯނު ނަންބަރު 6580361 އަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

– މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް" (ވަޒީފާއަށް އެދޭ ފޯމު، ރަސްގެތީމް ސްކޫލުގެ އޮފީހުން ލިބެން ހުންނާއެވެ. އަދި ސިވިލް ސަރވިސް ކޮމޝަނުގެ ވެބްސައިޓުން (www.csc.gov.mv) ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

– ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  

– ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

– މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

– ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

– ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

ނޯޓް: މަތީގައި ބަޔާންކުރެވުނު ލިޔުންތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތުން ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔުމެއްގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

މިހެންވެ މިކަން އަންގައި އިޢުލާނު ކުރީމެވެ.

 18 ރަބީޢުލްއާޚިރު 1436

08 ފެބުރުވަރީ 2015
ހޯދާ