މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް (ފަރމެއް) ހޯދުމާބެހޭ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް (ފަރމެއް) ހޯދުމާބެހޭ

ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓްޓުގެ އެހީގެ ދަށުން ދިވެހިރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ފަންނީ ޤާބިލުކަން އިތުރުކުރުމާއި އަދި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މިގޮތުން، އެންސްޕާއިން ކުރިއަށްގެންދާ ޕްރޮގްރާމުތަކާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން އެންސްޕާގެ ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރުމުގައި އެހީތެރިވުމަށް މިފަދަ މަސައްކަތް ކުރާ ކުންފުންޏެއް ބޭނުންވެއްޖެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޖުރިބާގެ ފެންވަރު، އަދި މިމަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މަސައްކަތުގެ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މިމަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން (ސިޓީ ނުވަތަ އީމެއިލް) ހުށަހަޅުއްވާއިރު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  • މަސައްކަތުގައި ޝާމިލުވާ ފަރާތްތަކަށް މިދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު.
  • ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ލިބިފައިވާ ތަޖުރިބާ، އަދި ފަންނީ ޤާބިލުކަން އަންގައިދޭ ލިޔެކިޔުމެއްވާނަމަ އެފަދަ ލިޔެކިޔުންތައް.
  • މަސައްކަތް ޢަމަލީގޮތުން ފެށޭނެ އެންމެ އަވަސް ތާރީޚު.
  • ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި މީރާގައި ރަޖިސްޓަރީ ކުރެވިފައިވާކަމުގެ ލިޔުމުގެ ކޮޕީ.
  • ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ކުންފުނި ރަޖިސްޓަރީ ކުރެވިފައިވާ އެޑްރެސް.

މިމަސައްކަތަކީ ވާރލްޑްބޭންކުން ފަންޑުކޮށްގެން ހިންގާ މޯލްޑިވްސް ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީގައި ކުރެވޭ މަސައްކަތަކަށް ވުމާއެކު، މިމަސައްކަތް ކުރާނެ ފަރާތެއް ޢައްޔަންކުރެވޭނީ ވާރލްޑްބޭންކުގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

މިގޮތުން، ވާރލްޑް ބޭންކުގެ ގައިޑްލައިންގައިވާ ގޮތުގެމަތިން މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކުރެވިފައިވާ ފަންނީ، ތަޢުލީމީ އަދި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށްކަމަށް ވުމާއެކު، ފާރމަކުން މިމަސައްކަތަށް ކުރިމަތިލާނަމަ، މަސައްކަތް ކޮށްދޭނެ ފަރާތެއް ޢައްޔަންކުރުމުގައި ބެލެވޭނީ ފާރމްގެ މަސައްކަތުގެ ތަޖުރިބާގެ އިތުރުން، ފާރމްގެ ފަރާތުން މިމަސައްކަތް ކުރުމަށް ހުށަހަޅުއްވާ ބޭފުޅުންގެ ތަޢުލީމީ ފަންނީ އަދި މަސައްކަތުގެ ތަޖުރިބާއަށެވެ. އަދި މަސައްކަތް ކުރުމަށް ހޮވޭ ފާރމަކާއެކު މަސައްކަތުގެ އެގްރީމަންޓް ކުރެވުނު ނަމަވެސް، މަސައްކަތުގެ މުއްދަތުގައި ފާރމްގެ ފަރާތުން މަސައްކަތްކޮށްދެއްވުމަށް ހުށަހަޅުއްވާ ބޭފުޅަކު ބަދަލުކުރުމުގެ ފުރުޞަތު މަސައްކަތުގެ މުއްދަތުގައި ނޯންނާނެއެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި މިދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށެވެ.

މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ތިރީގައިމިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

1. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

  އަމީނީ މަގު، 20379

  މާލެ، ދިވެހިރާއްޖެ

  ފޯނު ނަންބަރު: 3309908

  ފެކްސް ނަންބަރު: 3307759

  އީމެއިލް: [email protected]   

2. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ

  އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

  ފޯނު ނަންބަރު: 3005363

  ފެކްސް ނަންބަރު: 3003535

  އީމެއިލް: [email protected]   

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

    މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

    އަމީނީ މަގު، 20379

    މާލެ، ދިވެހިރާއްޖެ

    ފޯނު ނަންބަރު: 3309908

    ފެކްސް ނަންބަރު: 3307759

    އީމެއިލް: [email protected] , [email protected]

08 ފެބުރުވަރީ 2015
ހޯދާ