އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

މަސައްކަތު

ޜޭންކް:

އެސް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސަރވިސް ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލް ކައުންސިލުގެ އިދާރާ / އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް (މިސްކިތު)

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަގާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިސްކިތުގެ ގޯއްޗާއި، މިސްކިތްސަރަހައްދުގެ މަގުތައް ކުނިކަހައި ސާފުކުރުން.
  2. ކައުންސިލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، މިސްކިތާއި، އިސްކުރުބަރި، ފާޚާނާ، ގުދަން، ސާފުކޮށް ބެލެހެއްޓުމާއި، ވަޅުދިޔަހިއްކުން.
  3. ކައުންސިލްގެ ލަފާގެމަތީން މިސްކިތުގެ ގޯތީގައި ގަސް އިންދައި، އެ ގަސްތަކަށް ފެންދީ ބެލެހެއްޓުމާއި، މިސްކިތުގެ ދިއްލުންތައް ދިއްލައި ނިއްވުން.
  4. ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މިސްކިތު މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި  ސުންގަޑި:

2015 ފެބުރުއަރީ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އއ. ތޮއްޑޫ ކައުންސިލުގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާފައިވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
  3. ވައޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެގަތުމަށް ބޭނުންވާ ލިއުންތައް (އެކުރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލުޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިއުމުގެ ކޮޕީ)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓުފިކެޓުގެ ކޮޕީ.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތަޢުލީމާއި، ތަޖުރިބާއާއި، ހުނަރާއި، ފެންވަރާއި، ޤާބިލުކަމަށް (ކަނޑައެޅިފައިވާ އިންސައްތަ %37)
  • ގިނަވަގުތު މަސައްކަތު އުޅެވޭނެ މީހަކު ކަމުގައިވުން (ކަނޑައެޅިފައިވާ އިންސައްތަ %8)
  • އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ %55 )

އިންޓަރވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 ފެބުރުވަރީ 23 އާއި 26 އާ ދެމެދު އއ. ތޮއްޑޫ ކައުންސިލުގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ކައުންސިލުން އަންގާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ ނަންބަރު 6660537 ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6660537 އެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ.

15 ރަބީއުލްއާޚިރު 1436

05 ފެބުރުވަރީ 2015
ހޯދާ