ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ދޭނެ ބަޔަކާއި އެ މަސައްކަތް ކޮށްދޭނެ ބައެއް ހޯދަން

އެސްޓީއޯގެ ހުރިހާ އިމާރާތަކަށް އައިޕީއެމް (އިންޓަރގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް) ކޮންސަލްޓެންސީ ދޭނެ ބަޔަކާއި އެ މަސައްކަތް ކޮށްދޭނެ ބައެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް އެސްޓީއޯގެ ހުރިހާ އިމާރާތަކަށް އައިޕީއެމް (އިންޓެގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް) ކޮންސަލްޓަންސީ ދޭނެ ބަޔަކާއި އެ މަސައްކަތް ކޮށްދޭނެ ބައެއް ހޯދަން ބޭނުންވެއްޖެއެވެ.

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:     ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 ފެބުރުވަރީ 15 ވާ ދުވަހު 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ފެބުރުވަރީ 15 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:      ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2015 ފެބުރުވަރީ 16 ވަނަ ދުވަހުގެ 11:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:       ބީލަން ކަރުދާސް ލިބުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ފެބުރުވަރީ 22 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށްް 2015 މާރިޗު 1 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް :      ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 މާރިޗު 05 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 3012402 ، 3344374

ފެކްސް:  3344633

އީމެއިލް: [email protected]

05 ފެބުރުވަރީ 2015
ހޯދާ