މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ (ޖީ.އެސް 3) (1 އަހަރުގެ ކޮންޓްރެކްޓް)

ވަޒީފާގެ ފުރުޞަތު

ނަންބަރ:  (IUL)13-HR/13/2015/23

ތާރީޚް: 1 ފެބުރުވަރީ 2015

މަޤާމް:

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ  (ޖީ.އެސް 3)      (1 އަހަރުގެ ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:

3

މުސާރަ:

ގަޑިއިރަކަށް -/40 ރުފިޔާ

ސާރވިސް އެލަވަންސް:

-

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ. މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން

މަޤާމްގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަންރިސޯސް، ބިޒްނަސް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކަނޑައެޅިފައިވާ ޤައުމު/ފަންޑިންގ އޭޖެންސީ ތަކުން ލިބޭ ހިލޭ އެހީއާ ލޯނުއެހީގެ  ދަށުން އަލަށް ފެށުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ އެއްބަސްވުންތަކަށް ކޮމެންޓް އަދި ހޯދަންޖެހޭ ހުއްދަތައް  ހޯދާ އެއްބަސްވުމުގާ ސޮއިކުރުވުން
  • ޑިވިޜަނުން ކުރާ މަސައްކަތާގުޅުންހުރި ކަންކަމުގާ އަންނަ ވަފްދު ތަކަށް ޑިވިޜަނުން އަދާކުރަންޖެހޭ ރޯލް އަދާކުރުން.
  • މަޝްރޫޢުތަކަށް ފައިސާ ހޯދުމަށާ އަހަރީޖަލްސާ ތަކުގައި ބައިވެރިވުމަށް މިނިސްޓްރީގެ ވެރިން/ގަވަނަރުން ކުރައްވާދަތުރުފުޅުތަކުގެ އިންތިޒާމު ޑެސްކު އޮފިސަރުން ލައްވާ ރޭވުމުގައި އެހީތެރިވުމާއި، މިކަން ބެލެހެއްޓުން.
  • ހިލޭ އެހީއާ ލޯނުއެހީގެ ދަށުން ހިންގަމުން ދާ މަޝްރޫޢުތަކާއި އަދި ހިންގުމަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ސްޓޭޓަސް އަޕްޑޭޓް ކުރުމާއި، މަޝްރޫޢުތަކަށް ދިމާވެފައިވާ މައްސަލަތައް ޑިވިޜަންގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، ޑިވިޜަންގެ ވެރިންގެ ލަފާގެ މަތިން މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އިންތިޒާމްކުރުން.
  • ހިލޭ އެހީއާ ލޯނުއެހީގެ ދަށުން އަލަށް ފެށުމަށް ރާވާފައިވާ މަޝްރޫޢު ތަކަށް ފައިސާ ހޯދުމަށްޓަކައި ލިބޭ ހުށަހެޅުންތަކަކީ އެހީދޭ ފަރާތްތަކުގެ ސިޔާސަތަށް ފެތޭ މަޝްރޫޢެއްތޯ ބަލާ، ދައުލަތުގެ ސިޔާސަތަށް ފެތޭ މަޝްރޫޢެއްތޯ ބެލުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ޕްލޭނިންގ އަށް ފޮނުވުމާއި، ފަންޑިންގ އޮޕްޝަންތަކާ، ރިސްކުތައް ބެލުމަށް މިޑްލް އޮފީހަށް ފޮނުވުން
  • އަހަރީ ރިޕޯރޓަށް އަދި ޑިވިޜަން ބަޖެޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން
  • ލޯން މަޝްރޫޢުތައް އިފެކްޓިވް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން އަދި މަޝްރޫޢުގެ މަސައްކަތް ފަށައިގަތުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  • ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތަށް ދިރާސާކޮށް ދަޢުލަތުގެ މީޑިއަމް ޓަރމް ޑެޓް ސްޓްރެޓެޖީ އެކުލަވާލުމާއި ފާސްކުރުމަށް ހުށަހެޅުން އަދި ފާސްކުރެވޭ ސްޓްރެޓެޖީ ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވެދިނުން
  • ދައުލަތުން އަލަށް ނަގާ ލޯން އަދި ގެރެންޓީތަކުގެ ފައިނެންޝިއަލް އިވޭލުއޭޝަން ހެދުމުގައި އެހީތެރިވެދިނުން
  • ދައުލަތުގެ ބަޖެޓަށް ތައްޔާރު ކުރަންޖެހޭ މައުލޫމާތު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ދައުލަތުން އަލަށް ނަގާ ލޯން އަދި ގެރެންޓީތަކަށް ތައްޔާރުކުރާ ލޯން/ގެރެންޓީ ޕްރޮފައިލް ތައްޔާރުކުރމުގައި އެހީތެރިވެދިނުން
  • ދައުލަތުގެ ޖުމްލަ ދަރަނި ކޮންސޮލިޑޭޓް ކޮށްފައިވާ ޓޯޓަލް ޑެޓްޝީޓް ޗެކްކުރުން          
  • ދައުލަތުގެ ދަރަނީގެ ބުލެޓިން ތައްޔާރުކޮށް ޝާއިއުކުރުން

އުޖޫރަ އާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ

އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސާރޓިފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު  ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

16 ފެބުރުވަރީ 2015 (ހޯމަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރ ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިހާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

12 ރަބީޢުލްއާޚިރު 1436

 

 

01 ފެބުރުވަރީ 2015
ހޯދާ