މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް މަރާމާތު ކުރަން

މިކައުންސިލް އިދާރާގެ ( ގަލްފް ކްރާފްޓް ޓޯރިންގ 36 ) " ރަންފަރު " ލޯންޗް މަރާމާތު ކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ( ކޮންފަރެންސް ހޯލް ) ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މާރިޗު 02 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. 

13 ރަބީޢުލްއާޚިރު 1436

02 ފެބުރުވަރީ 2015
ހޯދާ