ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ގަވާއިދަށް ބަދަލު ގެނައުމާގުޅޭ

ރައީސުލްޖުމްހުރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ 47 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި މިހާރު ޢަމަލު ކުރަމުންދާ ގަވާއިދަށް ވަނީ ބަދަލު ގެނަވިފައެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން މުބާރާތަށް ކޮލިފައިވާނީ ފާއިތުވި އަހަރުގެ ( 2014 ) ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަން ޓީމާއި، 2 ވަނަ ޓީމުގެ އިތުރުން 2015 ވަނަ ވޮލީބޯލް އެސޯސިއޭޝަންގެ ރަސްމީ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ވީ.އޭ.އެމް ޕްރެޒިޑެންޓްސް ކަޕް (އުތުރާއި، މާލެ އަދި ދެކުނުގައި ބޭއްވޭ ވީ.އޭ.އެމް ޕްރެޒިޑެންޓްސް ކަޕް) ގެ ޗެމްޕިއަން ޓީމާއި، 2 ވަނަ ޓީމެވެ.

ވީމާ، މިކަން މިއެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކަށް ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

05 ރަބީޢުލްއާޚިރު 1436 

26 ޖަނަވަރީ 2015
ހޯދާ