މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ މަގުތަކުގެ ޕޭމަންޓް މަތީގައި ތަކެތި ބަހައްޓައިގެން ވިއްކުމާބެހޭ.

     މާލޭގެ މަގުތަކާއި ޕޭމަންޓް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަކީ މިމިނިސްޓްރީން ކުރަމުންގެންދަވާ މަސައްކަތެކެވެ. މިހާރަކަށްއައިސް މާލޭގެ އުތުރުފަރާތު މަގުތަކާއި ޕޭމަންޓް މަތީގައި ބަހައްޓައިގެން އިމްޕޯޓް މުދަލާއި، ކާބޯތަކެތީގެ ބާވަތްތައް ވިއްކާކަމުގެ ޝަކުވާ މިމިނިސްޓްރީއަށް ލިބެމުން އަންނާތީ ދަންނަވަމެވެ.

     މާލޭ އުތުރު ފަރާތުގެ މަގުތަކާއި، އެހެނިހެން މަގުތަކާއި. ޕޭމަންޓްމަތީގައި އެއްވެސް ބާވަތެއްގެ ތަކެތި ބަހައްޓައިގެން ވިއްކުމަކީ ހުއްދަ ކުރެވިފައިވާ ކަމަކަށްނުވާތީ، މިފަދަ ތަންތަނުގައި ބަހައްޓާފައިވާ ތަކެތި 31 ޖަނަވަރީ 2015 ގެ ކުރިން އެތަންތަނުން ނެގުމަށް ތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ.  

     އަދި މި ތާރީޚުގެފަހުން ހުންނަ ތަކެތި ގަވާއިދުގެ ތެރެއިން ނަގައި ނައްތާލަމުން ގެންދާނެކަންވެސް އަންގަމެވެ. މިފަދަ ތަކެތި ނަގައި ނައްތާލުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް މިމިނިސްޓްރީން ޒިންމާ ނުވާނެކަން މިފުރުޞަތުގައި ދަންނަވަމެވެ.

     މާލޭގެ މަގުތަކާއި ޕޭމަންޓްތަކަކީ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށްކުރާ މަސައްކަތުގައި އެންމެހާ ބޭފުޅުންގެ އެއްބާރުލެއްވުން ދެއްވުމަށް ދެންނެވީމެވެ.

4 ރަބީޢުލްއާޚިރު 1436

26 ޖަނަވަރީ 2015
ހޯދާ