ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީ ބައްތި ހަރުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން މިރަށުގެ ބަނދަރުމަތީ ބައްތި ހަރުކުރުމަށް ބޭނުންވާތީ، އެކުންފުނިން އަންގަވާގޮތަށް ތަކެތި ދިނުމުން 20 ބަނދަރު ބައްތި ހަރުކުރުމާއި 2 ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު 269/2014/107(IUL)ފ(16 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް އެފަރާތުން ވަނީ އަންގަވާފައެވެ.

ވީމާ، އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތްތައް އެފަރާތުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 02 ފެބުރުވަރީ 2015 ވާ ހޯމަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ފެބުރުވަރީ 2015 ވާ ހޯމަދުވަހުގެ 11:00 ގައި މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ގެންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށްފައިވާ ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ކުންފުންޏަކުން ކަމުގައިވާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ އައިޑީކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ރަބީޢުލްއާޚިރު 1436  

26 ޖަނަވަރީ 2015
ހޯދާ