މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޕޯސްޓަރ ޑިޒައިން ކޮށްދޭނޭ ފަރާތެއް ހޯދުން

"ސައިވާކްގެ ފަސް ތީމެތިކް އޭރިޔާއަށް ޕޯސްޓަރ ޑިޒައިން ކޮށްދޭނޭ ފަރާތެއް ހޯދުން"

މިމިނިސްޓްރީއާއި ސައިވާކްއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން، ސައިވާކްގެ ފަސް ތީމެޓިކް އޭރިޔާއަށް ޕޯސްޓަރ ޑިޒައިން ކުރާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް 5 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ- 1ވަނަ ފަންގިފިލާ) ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 10 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިމިނިސްޓްރީ (ހުރަވީ ބިލްޑިންގ- 1ވަނަ ފަންގިފިލާ) ގައެވެ.

އަދި ދަންނަވަމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 3013017 ނަންބަރުން މިމިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނާ ގުޅުއްވުން އެދެމެވެ.

6 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015
ހޯދާ