ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މާލޭ ވޮލީބޯލް އެރީނާ ފަރުމާކޮށް ތަރައްޤީ ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތެއް ހޯދުމާބެހޭ

މާލޭ 362 ނަންބަރު ކޮށީގައި (ރަށްދެބައި ހިނގުމާއި ފަޅުމަތީ ހިނގުން ގުޅޭ ކަންމަތީގައިވާ 30975.78 އަކަފޫޓުގެ ބިމުގައި ވޮލީބޯޅަ އިންޑޯ ކޯޓް ފެސިލިޓީޒް، ޓްރެއިނިންގ ހޯލް، ކްލާސް ރޫމް، އޮފީސް އަދި މިފަދަ އިތުރު ފެޒިލިޓީސްއާއެކު އެރީނާއެއް، މިއެސޯސިއޭޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ފަރުމާކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، އެކަން ކޮށްދޭނެ ފަރާތެއް، އެކަންކުރުމުގެ ޝައުޤުވެރިކަން ބަޔާންކޮށް (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް - އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

މިދެންނެވި ޕްރޮޖެކްޓް ތަރައްޤީކޮށްދޭނެ ފަރާތަކަށް، ކަނޑައެޅޭ އުސޫލެއްގެ ދަށުން މިބިމުގައި ވިޔަފާރި ކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމުގެ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށްޓަކައި މަޢުލޫމާތު ސާފުކުރެއްވުމަށް މިއެސޯސިއޭޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން އޮންނާނީ 2015 ފެބުރުވަރީ 1 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިދާރާ، ހ.ބޯޅަގެ (1 ވަނަ ފަންގިފިލާ) ގައެވެ. އަދި މިކަމަށް އެދި ހުށަހަޅާ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން 2015 ފެބުރުވަރީ 10 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.

05 ރަބީޢުލްއާޚިރު 1436 

25 ޖަނަވަރީ 2015
ހޯދާ