އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ލައިޓްޖެހުމުގެ ޓެކްނިކަލް ޑްރޯވިންއާއި، އަންދާސީހިސާބު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ފުޓްބޯޅަދަނޑުގައި ލައިޓްޖެހުމުގެ ޓެކްނިކަލް ޑްރޯވިންއާއި، އަންދާސީހިސާބު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް:

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫގެ ފުޓްބޯޅަދަނޑުގައި ލައިޓްޖެހުމުގެ ޓެކްނިކަލް ޑްރޯވިންއާއި، ލައިޓް ޖެހުމުގެ މަސައްކަތުގެ އަންދާސީހިސާބު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިމަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯޒަލް ކަނޑާނީ، ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 04 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 14:00 ގައެވެ. އެހެންކަމުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި، ލިޔުން ޙަވާލުކޮށްފައި ބަދަލުގައި ފޮނުވާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ތާރީޚުތަކަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

30 ރަބީޢުލްއައްވަލް 1436

21 ޖަނަވަރީ 2015
ހޯދާ