އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔޫ.ސީ.ބިޒް މިހާރުހުރި ގުދަން ބޮޑުކޮށްދޭނެ ފަރާތެއް ހޯދުން

ޔޫ.ސީ.ބިޒް މިހާރުހުރި ގުދަން، ފިހާރައިގެ ބައެއްގެ ގޮތުގައި ބޮޑުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2015 ވަނަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން މަޢުލޫމާތު އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ.

މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ކެނޑުން 04 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. އަދި އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަނެވިއްޖެނަމަ، ސިޓީގައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނޭވެނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.

30 ރަބީޢުލްއައްވަލް 1436

21 ޖަނަވަރީ 2015
ހޯދާ