ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން  

ވަޒީފާގެ ފުރުޞަތު

މަޤާމު

މަސައްކަތު 

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް 1

ރޭންކް 

އެސް އެސް 1

މަޤާމުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް

- ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20 ހަމަޖެހިފައިވާ އުސޫލުން ލިބޭނެ.

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މުސާރަ

3100.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1000.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ ޝަރުޠުތައް

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސައްކަތް / އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތު

- ކޯޓުގެ ދިދަ ނަގަންޖެހިއްޖެ ހިނދެއްގައި، ހަމަޖެހިފައިވާ ގަވާއިދުން ދިދަ ނަގައި ތިރިކުރުން.

- ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 7:50 ގެ ކުރިން ކޯޓަށް ހާޒިރުވެ، ކޯޓުގެ އެތެރެ ކުނިކަހައި ސާފުކުރުމާއި، މޭޒުތައް މަތީގައި ހުންނަ ހިރަފުސްތައް ސާފުކޮށް، އިމާރާތުގެ އެތެރެއަށް އެއަރފްރެޝްނަރ ޖެހުން.

- ކޯޓްގެ ހުރިހާ ކުޑަދޮރުތަކާއި ބޮޑުދޮރުތައް، ދެދުވަހުން އެއްދުވަހު ހިރަފުސް ފޮޅައި ސާފުކޮށް، ހަފުތާއަކު 3 ދުވަހު ކޯޓުގެ ތަޅުމުގައި މޮޕްއަޅައި ސާފުކުރުމާއި، ފަރުނީޗަރުތައް ސާފުކުރުމާއި، ކަރަންޓް މީޓަރުތަކާއި ކަރަންޓް ބޯޑުތަކުގައި ހުންނަ ހިރަފުހާއި ކަބަޑުތަކުގެ އެތެރެއާއި ބޭރުސާފުކޮށް، ބިއްލޫރިލައްވާފައިވާ ކަބަޑުތަކުގެ ބިއްލޫރިތައް ސާފުކުރުމާއި، ކޯޓުގެ ތައްގަނޑު (ސްޓޭމްޕް) ސާފުކުރުން.

- ފާޚާނާތައް ދުވާލަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުމާއި،  ކޯޓުގެ ސަރަޙައްދު ކުނިކަހައި ސާފުކޮށް، އެ ސަރަޙައްދުގައި ގަސްއިންދައި، އެ ގަސްތަކަށް ފެންދީ، ގަސްތައް ބެލެހެއްޓުން.

- ކޯޓުން އެކިއެކި ފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރާ ސިޓީތަކާއި ޗިޓުތައް ގަވާއިދުން ހަވާލުކުރުން.

- މޭޒުތައް ކައިރީގައި ބަހައްޓާފައި ހުންނަ ޑަސްޓްބިންގގައި ހުންނަ ކުނިތައް ދެދުވަހުން އެއްދުވަހު ނައްތައިލުން.

- ކޯޓް ހިމެނޭ ބައިގައި ޖަހާފައި ހުންނަ ބޮކި ނުވަތަ ހޮޅިބުރި ފަދަ ތަކެތި އަނދައިފިނަމަ އެފަދަ ތަކެތި ބަދަލުކުރުމާއި، ދިއްލުންތައް ދިއްލުމާއި، އެ ދިއްލުންތައް ނިއްވައި ބެލެހެއްޓުމާއި، ކޯޓުގައި ހުންނަ ފަންކާތައް ސާފުކޮށް ބެލެހެއްޓުން.

- ބުރުނީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން ބެލެހެއްޓުމާއި، އެ ބިމުގައި ހުންނަ ކުނިތައް ސާފުކޮށް ނައްތައިލުން.

- މީގެ އިތުރުން، ޤާނޫނާއި ގަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ހަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ގަވާއިދުން ކުރުން.

ހުށަހަޅަންޖެހޭ  ލިޔުންތައް

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މެޖިސްޓްރޭޓްކޯޓުތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ  ވެބްސައިޓް www.justice.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- އައިޑީކާޑު ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ސުންގަޑި

2015 ފެބުރުވަރީ 2 ވަނަ ދުވަހުގެ 14:00 އަށް.

ނޯޓް

 މި މަޤާމަށް ކުރިމަތިލެވޭނީ، މީލާދީގޮތުން އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ.

27 ރަބީޢުލްއައްޥަލް 1436

18 ޖަނަވަރީ 2015
ހޯދާ