ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ފައިނޭންސް އޮފިސަރ

ޑިޕާޓްމަންޓް: އެކައުންޓިންގ އެންޑް ފައިނޭންސް

ސެކްޝަން: ރެވެނިއު

ބޭނުންވާ އަދަދު: 2

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސިއާއި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން (އިނގިރޭސިއާއި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ކޯޕަރޭޝަނަށް އެކިފަރާތްތަކުން ދައްކާ ފައިސާގެ ކަންތައްތައް ބެލެހެއްޓުން.

- ކަސްޓަމަރުންގެ އެކައުންޓްތަކާއި ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ކަސްޓަމަރުންގެ ރިޕޭމެންޓް ޝެޑިއުލްތަކާއި ޕޭމަންޓް ސްލިޕްތައް ތައްޔާރުކުރުން.

- ކަސްޓަމަރުންގެ އިންކުއަރީތަކަށް ޖަވާބުދާރީވުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.

- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

- މި ވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރަ: 5000.00 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން މަހަކު 9510.00 ރުފިޔާ ލިބޭނެއެވެ.)

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން، މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ، ކުންފުނީގެ އުސޫލްތަކާ އެއްގޮތްވާގޮތުގެމަތިން ވަޒީފާ ދާއިމީކުރެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތަކާއި، ސުންގަޑިއާއި، ހުށަހަޅަންޖެހޭ ތަން:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ވަނަވަރާއި، އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީއާއި، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، 2015 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި ކޯޕަރޭޝަނުގެ މައި އޮފީހުންނާއި މާލޭ އޮފިހުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                        3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                           ނުވަތަ                             ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                                                           ފޯނު: 3353535   

ފެކްސް: 3335892                                                                         ފެކްސް : 3358892

22 ޖަނަވަރީ 2015
ހޯދާ