މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށިތަކަށް ޖަމާވާ ބޭނުންކުރެވޭ ޒާތުގެ ކުނި ގަންނާނެ ފަރާތެއް ހޯދުން

މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކުނިކޮށިތަކަށް ޖަމާވާ ކުނީގެ ބާވަތްތައް ވަކިކުރުމަށްފަހު، ބޭނުންކުރެވޭ ޒާތުގެ ކުނި ގަންނާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.   

ތަފުސީލު

ތާރީޚު

ތަން

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

25 ޖަނަވަރީ 2015

މާލޭ ސިޓީ ހޯލް

އާދީއްތަ

14:00

އަގު ހުށަހެޅުއްވުމަށް

01 ފެބުރުވަރީ 2015

މާލެ ސިޓީ ހޯލް

އަދީއްތަ

11:30

 

 

                 

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

24 ރަބީޢުއްއައްވަލް 1436

14 ޖަނަވަރީ 2015
ހޯދާ