ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

އިޢުލާންް

ވަޒީފާގެ ފުރުޞަތު

މި ކޯޓުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް

ކޯޓު އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް

ޖީ.އެސް 3

މުސާރަ

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް

ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓް

ތަޢުލީމާއި ތަޖުރިބާ

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. ކޯޓުގައި ޝަރީޢަތް ހިނގަމުންދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލިސްގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި، އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ، އެކަމެއް ހުއްޓުވުން.
  2. ކޯޓަށް ހާޒިރުކޮށްފައިތިބޭ މީހުން ކޯޓުތެރޭގައި ނޭދެވޭ ޢަމަލެއް ހިންގާތޯ ބެލުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް އަޑުގަދަކޮށް ހަދާނަމަ، އެކަން ހުއްޓުވުން.
  3. ކޯޓަށް ހާޒިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ހާޒިރުވުމުގެ އަމުރު) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުވެފައިވޭތޯ ބެލުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވާ މީހުންނާއި، ފިލައިގެންއުޅޭ މީހުންގެ ގޭގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ތަތްކުރުން.
  4. ޝަރީޢަތުގެ މަޖްލިސް ތައްޔާރުކުރުމުގެ މަސައްކަތް ސުޕަވައިޒްކުރުމާއި، ޝަރީޢަތުގެ މަޖިލިހަށް މީހުން ވެއްދުން (މެޖިސްޓްރޭޓްގެ ހުއްދައާއެކު)
  5. ކޯޓުތެރޭގައި މުވައްޒަފުންގެ މެދުގައި ހިނގާ ދެބަސްވުންތައް ހުއްޓުވައި، ތަނުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް މުވައްޒަފުންގެ ޢަމަލުތައް ހުރެއްޖެނަމަ، އެކަމެއް ހުޢްޓުވައި، މަޞްލަޙަތު ޤާއިމްކުރަން މަސައްކަތްކުރުމާއި، މިކަން މެޖިސްޓްރޭޓްގެ ސަމާލުކަމަށް ގެނައުން.
  6. ކޯޓު އަމުރުގައިވާ ގަޑިއަށް ހާޒިރުނުވާ މީހުން ޖުރިމަނާކުރުމާއި، ޖުރިމަނާ ޗިޓު ތައްޔާރުކޮށްފައި ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން.
  7. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިޔުމާއި، ޓައިޕްކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމަށް އެދޭ ފަރާތްތަކަށް ރިޕޯޓް ދޫކުރުމުގައި އެހީތެރިވެދިނުން.
  8. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރިކައިވެންޏާބެހޭ މައްސަލަތަކާއި، އެގްރިމެންޓް ރަޖިސްޓްރީކުރުމުގެ ފޯމް ބަލައިގަނެ، މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުމުގައި އެހީތެރިވެދިނުން.
  1. މީގެ އިތުރުންވެސް، ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި

2015 ޖަނަވަރީ 22 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު، މި ކޯޓަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް

  • ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މެޖިސްޓްރޭޓް ކޯޓްތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.justice.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅެފައިވާނަމަ، އެ ވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން.

އެހެނިހެން ކަންތައްތައް

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއެކު، އަޞްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައިނުވާ ލިޔުން ހުށަހަޅާނަމަ، އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހެޅި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

އިތުރު ަމޢުލޫމާތު

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި އިންޓަވިއުގައި ހޯދާ މާކުހުގެ ޖުމުލައަށް ބަލައިގެންނެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން  އޮންނަ ތާރީޚާއި ގަޑި، އެފަރާތްތަކަށް މި ކޯޓުން އަންގާނެއެވެ.  އިންޓަވިއު އޮންނާނީ މި ކޯޓުގައެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ ނަންބަރު: 6800534 ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6800534 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

23 ރަބީޢުލްއައްޥަލް 1436

14 ޖަނަވަރީ 2015
ހޯދާ