މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ސްޕެއަރތައް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސަރވިސްގައި ބޭނުންކުރާ އިންޖީނު އަދި ޖަނަރޭޓަރތަކަށް ބޭނުންވާ ސްޕެއަރތައް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ބޭނުންވެގެން ކުރި މިސަރވިސްގެ ނަންބަރު H3(PU)/IUL/2014/255-ފ171 އިޢުލާނުގެ ބިޑް ހުޅުވުމުގައި ދިމާވި މައްސަލައަކާ ގުޅިގެން، އެ އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ބިޑް ޑޮކިއުމަންޓްސް ބާޠިލުކޮށް މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަކަށް އަލުން ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 15 ޖަނަވަރީ 2015 އިން ފެށިގެން 2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/50ރ (ފަންސާސް ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މިބީލަމުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ޖަނަވަރީ 25 ވާ އާދީއްތަ ދުވަހުގެ 13:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓްގެ ބީލަންފޮތް ކުރިން ބައްލަވައިގެންފައިވާ ފަރާތްތަކުން އަލުން ބީލަން ފޮތް ގަންނާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް، ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމަށް އަލުން ނަންނޯޓް ކުރައްވަންވާނެއެވެ. ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. ބިޑް ހުޅުވުން އޮންނާނީ 2015 ޖަނަވަރީ 28 ވާ ބުދަ ދުވަހުގެ 13:30ގައި އިސްކަންދަރު ބިލްޑިންގގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވުން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
14 ޖަނަވަރީ 2015
ހޯދާ