މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ޑިޖިޓަލް މާކެޓިންގ އޮފިސަރ

މަޤާމުގެ ނަން: ސީނިއަރ ޑިޖިޓަލް މާކެޓިންގ އޮފިސަރ

މުސާރަ: -/7،200 ރުފިޔާ

ޑެއިލީ އެލަވަންސް: -/4،800 ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޑިޕާޓްމަންޓް/ސެކްޝަން: ޑެސްޓިނޭޝަން ޕްރޮމޯޝަން/ޑިޖިޓަލް މާރކެޓިންގ އެންޑް އައި.ޓީ

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1.  މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ނުވަތަ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށް، މަޤާމުގެ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސެކްޝަނުގެ މަސައްކަތްތައް ސެކްޝަން ހެޑް އަންގަވާގޮތެއްގެ މަތިން ކުރުން
  • މިއޮފީހުގެ ވެބްސައިޓްގެ އޯޑިއަންސަށް ކަމުދާނެ ފަދަ ތަފާތު ބައިތައް (ފޮޓޯ، ވީޑިއޯ، މަޢުލޫމާތު) ހިމަނައި ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމާއި، ވެބްސައިޓާ ގުޅުންހުރި މަސައްކަތްތައް ކުރުން
  • ގްރެފިކްސް ޑިޒައިން/ވީޑިއޯގްރަފީ އަދި މަލްޓިމީޑިއާ ގުޅުންހުރި މަސައްކަތްތައް ކުރުން
  • މިކޯޕަރޭޝަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާ ގުޅުންހުރި މަސައްކަތްތައް ކުރުން.
  • މިކޯޕަރޭޝަނުން ހަވާލުކުރާ އޮފީހުގެ މަސައްކަތާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:15 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

:ހުށަހަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.

- މަސައްކަތާ ގުޅުން ހުރި ތަޢުލީމީ ސެޓުފިކެޓު ލިބިފައި ނުވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓުފިކެޓުގެ ލެވެލް އެނގޭނެ ލިޔުމެއް ހުށަހެޅުން (ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް)

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

:އިތުރު މަޢުލޫމާތު

  • މިމަޤާމަށް މީހުން ހޮވުމުގައި ބްލޮގް ކޮންޓެންޓް އަދި ސޯޝަލް މީޑިއާގެ ކޮންޓެންޓް ލިޔާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

އަބްދުﷲ ޒިޔާތު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

16 ރަބީޢުލްއައްވަލް 1436

07 ޖަނަވަރީ 2015
ހޯދާ