ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް ބާއްވާ ކޯހެއް

ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް ބާއްވާ ކޯހެއް މި އެކެޑަމީން 2015 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށުމަށް ވަނީ ގަސްދުކޮށްފައެވެ.

މި ކޯހަކީ އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ކޯހެކެވެ. މި ކޯސް ފުރިހަމަކުރުމަށް ހޭދަވާނީ 18 ގަޑިއިރެވެ. މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި ޑިސެންބަރުމަހުގެ 31 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އެކެޑަމީއަށް ހުށަހެޅުން އެދެމެވެ.

މި ކޯހުގައި ބައިވެރިވާން އެދޭ ފޯމު މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓު: www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދަން އެދޭނަމަ، މި އެކެޑަމީގެ ފޯނު ނަންބަރު 3345284، 3345299 އާ ގުޅުން އެދެމެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014
ހޯދާ