ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެފޭ ރެސްޓޯރެންޓް ހެދުމަށް ބިން ކުއްޔަށް ދިނުން

ރެސްޓޯރެންޓެއް ތަރައްޤީކޮށް ހިންގުމަށްޓަކައި ހައްދުންމަތީ ކައުންސިލުގެ ގެސްޓްހައުސް ހުރި ގޯތީގެ ހުޅަނގު އުތުރު ކަންމަތިން ބޭންކު އޮފް މޯލްޑިވްސް ފޮނަދޫ ބުރާންޗަށް ކުރިމަތިވާގޮތަށް 7134 އަކަފޫޓުގެ ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2014 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖަނަވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014
ހޯދާ