ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ގުދަނަށް މުދާ ގެންގޮސް ގެނެސްދިނުމާއި، ބޯޓަށް ބަރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ހދ. ކުޅުދުއްފުށި ފިހާރައިގައި ހުންނަ ގުދަނަށް އެސްޓީއޯގެ ބޯޓުފަހަރުން ގެންނަ މުދަލާއި އެހެނިހެން ބޯޓުފަހަރުން ގެންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ހދ. ކުޅުދުއްފުށި ފިހާރައިގެ ގުދަނުގައި ޖެއްސުމާއި، އެސްޓީއޯ ބޯޓުފަހަރަށާއި އެހެނިހެން ބޯޓުފަހަރަށް ހދ. ކުޅުދުއްފުށި ފިހާރައިގެ ގުދަނުން މުދާ ނެރެގެން ގެންގޮސް ބަރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން (ADM/2014/454-ފ60) ބާޠިލުކޮށް، އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް ހދ.ކުޅުދުއްފުށި ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު، ހދ.ކުޅުދުއްފުށި ފިހާރައަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މަޢުުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:  3344318، 3344180

ފެކްސް:  3344633

އީމެއިލް: [email protected]

17 ޑިސެންބަރު 2014
ހޯދާ