ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަގު ބަންދުކުރުމާބެހޭ

ގެދޮރުވެރިކުރުމުގެ ޚާއްޞަ ޕުރޮގުރާމުގެ ދަށުން ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ 704 ފުލެޓު އަޅާ ސަރަޙައްދަކީ ޢާންމުން އެސަރަޙައްދަށް ވަދެ، ނުކުމެ އުޅެން ރައްކާތެރި ސަރަޙައްދެއްނޫނެވެ. ތަފާތު އެކިބާވަތްތަކުގެ ހެވީ ވެހިކަލްތައް އޮޕަރޭޓުކޮށްގެން ހިންގާ ޕުރޮޖެކްޓެއްކަމަށްވާތީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަށްޓަކައި އެސަރަޙައްދު ވަށައިގެން ފެންސްކޮށް، ބަންދުކޮށްގެން ނޫނީ ރައްކާތެރި ނުވާނެކަމަށް ކޮންޓްރެކްޓަރުން އަދި އިންޖިނޭރުން މަޝްވަރާ ދެއްވާފައިވާތީ   10 ޑިސެންބަރު 2014 އިން ފެށިގެން، މަސައްކަތް ނިމެންދެން "ބޯގަންވިލާ މަގު" ބަންދުކުރެވޭނެކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

މިމަސައްކަތުގެ މުއްދަތަކީ 24 މަސްދުވަސް ކަމުގައިވެސް ދެންނެވީމެވެ.

9 ޞަފަރު 1436

01 ޑިސެންބަރު 2014
ހޯދާ