އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ކެންޓީނު ކުއްޔަށް ދިނުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިމަދަރުސާގެ ކެންޓީނު ކުއްޔަށް ދިނުމަށް ކުރެވުނު މިމަދަރުސާގެ އިޢުލާން B-MAI/IUL/2014/55ފ(13 ނޮވެންބަރު 2014) ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މިމަދަރުސާގެ ކެންޓީނުން މުވައްޒަފުންނަށާއި ދަރިވަރުންނަށް ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމުގައި ބައިވެރިނުވެވޭނެވާހަކަ ދަންނަވަމެވެ.

04 ޞަފަރު 1436

26 ނޮވެންބަރު 2014
ހޯދާ