މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ގަވާއިދާ ޚިލާފަށް އެއްގަމުއުޅަނދު ޕާކުކޮށްފައި ހުންނަ މައްސަލަ

މާލޭގެ މަގުމަތީގައި ޢާންމުންނަށް ދަތިވާގޮތަށް ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ގޭގެ ދޮރުމަތީގައާއި، ގަރާޖްތަކުގެ ކުރިމަތީގައާއި، ފެރީ ޓަރމިނަލްތަކާއި، ސްކޫލްތަކާއި، ޢާންމު ޚިދުމަތްދޭ ތަންތަނަށް ވަދެނިކުމެވާ ގޭޓުތަކުގެ ކުރިމަތީގައާއި، އަދި ބަސްހުއްޓިތަކުގައާއި، ދުވާރުމަތީގައި ގަވާއިދާ ޚިލާފަށް އެއްގަމުއުޅަނދު ޕާކުކޮށްފައި ހުންނާތީ، އެކަމުގެ ޝަކުވާ މިއޮތޯރިޓީއަށް ޢާންމު ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ވީމާ، އިސްވެދެންނެވި ގޮތަށް ގަވާއިދާ ޚިލާފަށް ޢާންމު ފަރާތްތަކަށް އުނދަގޫވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކާ ދޭތެރޭ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނަންބަރު 5/2009 ގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ވާހަކަ އަންގައި އިޢުލާން ކުރީމެވެ.

13 މުޙައްރަމް 1436

06 ނޮވެންބަރު 2014
ހޯދާ