ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕާޝަލް ސްކޮލަރޝިޕުގެ ފުރުޞަތު

(COMSATS Institute of Information Technology (CIIT

ޕާކިސްތާން

ޤައުމު:

މާސްޓަރސް ޑިގްރީ

ކޯހުގެ އަދަދު އަދި ލެވެލް:

- މާސްޓަރ އޮފް ސައިންސް އިން ކޮމްޕިއުޓަރ ސައިންސް

- މާސްޓަރ އޮފް ސައިންސް އިން މެނޭޖްމަންޓް ސައިންސް

- މާސްޓަރ އޮފް ސައިންސް އިން އިލެކްޓްރިކަލް އިންޖިނިއަރިންގ

- މާސްޓަރ އޮފް ސައިންސް އިން ބަޔޯސައިންސަސް

- މާސްޓަރ އޮފް ސައިންސް އިން މެތަމެޓިކްސް

- މާސްޓަރ އޮފް ސައިންސް އިން ފިޒިކްސް

- މާސްޓަރ އޮފް ސައިންސް އިން މީޓިއޮރޮލޮޖީ

- މާސްޓަރ އޮފް ސައިންސް އިން ޑިވަލޮޕްމެންޓް ސްޓަރޑީސް

- މާސްޓަރ އޮފް ސައިންސް އިން ކެމިސްޓްރީ

- މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމެންޓް

ކޯހުގެ އަދަދު ލެވެލް އަދި ދާއިރާތައް:

  • ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން
  • ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކުރާތާ، 09 ނޮވެންބަރު 2014 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވުން. މިކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ.
  • TOEFL އިން އޯވަރރޯލް ސްކޯރ 70 އިން ފެށިގެން މަތި ލިބިފައިވުން. ނުވަތަ IELTS އިން 5.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

ކޯހުގެ ޝަރުޠުތައް:

  • މިއީ އޯ.އައި.ސީ ގެ މެންބަރު ޤައުމުތަކަށް ހުޅުވާލެވިފައިވާ ފުރުޞަތުތަކެކެވެ.
  • ކޯހަށް އެދި ހުށަހަޅާ ތަޢުލީމީ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައިވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • ހުށަހަޅާ ބެޗްލަރސް ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗްލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • އެކެންޑިޑޭޓަކު ބެޗްލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގގެ ޢާންމުކޮށް މިޑިޕާޓްމަންޓުން ބަލައި، ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިން ސްކީމް ހުށަހަޅާފައިނުވާނަމަ، ޓްރާސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މިޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިޑިޕާޓްމަންޓުން ޕޮއިންޓް ދޭގޮތުގެ ތަފުސީލު މިޑިޕާޓްމަންޓްގެ ވެބްސައިޓުން http://www.dhe.gov.mv ލިބެން ހުންނާނެއެވެ.
  • ތިރީގައިމިވާ ވެބްސައިޓުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

www.comsats.edu.pk (މިވެބްސައިޓްގެ އިންޓަރނޭޝަނަލް ސްޓޫޑެންޓްސް އަދި ފްލަޔަރ ފޮރ އިންޓަނޭޝަނަލް ސްޓޫޑެންޓް އެޑްމިޝަންސް 2014 ބައި)

  • އިތުރު މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް (http://www.dhe.gov.mv) ގައި އިޢުލާނާއެކު ވާނެއެވެ.
  • މި ސްކޮލަރޝިޕުގެ ދަށުން ޓިއުޝަން ފީއާއި ހުރުމުގެ ޚަރަދުގެ %50 ޑިސްކައުންޓަކާއި ރަޖިސްޓްރޭޝަން، ސެކިއުރިޓީ ޑިޕޮޒިޓް އަދި ގުރެޖުއޭޝަން ފީ އިން %50 ގެ ކޮންސަސޭޝަނެއް ދެވޭނެކަމުގައި އެފަރާތުން ވަނީ އަންގާފައެވެ. މީގެ އިތުރުން،
  • މިކޯސްތަކަށް ހުށަހަޅާ ފަރާތްތަކުން ދެކޮޅު ޓިކެޓް ނަގަންޖެހޭނީ އަމިއްލައަށެވެ. މީގެ އިތުރުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުތައް ތިރީގައި އެވަނީއެވެ:
  • ވަންޓައިމް ޗާޖަރސްގެ ގޮތުގައި ދައްކަންޖެހޭ އެޑްމިޝަން ފީ، ގްރެޖުއޭޓް ފީއަށް ގަނޑުކޮށް ދައްކަންޖެހޭ 500.00 ޑޮލަރު
  • ރަޖިސަޓްރޭޝަން ފީ 150.00 ޑޮލަރު
  • ހުރުމަށް ދައްކަންޖެހޭ 1000.00 ޑޮލަރު
  • މި ސްކޮލަރޝިޕުގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ދިވެހި ދައުލަތަށް ޚިދުމަތް ކުރަން ބޮންޑްކުރެވޭނެއެވެ.
  • މި ސްކީމުގެ ދަށުން ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ކޯހަށެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެމީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި  އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސްޓޭޓްމަންޓް އޮފް ޕަރޕަރސް ނުވަތަ ރިސަރޗް ޕްލޭން  (މަދުވެގެން 2 ގަނޑު)
  • ޕާސްޕޯޓް ސައިޒުގެ 6 ފޮޓޯ (ނޫ ބެކްގްރައުންޑްގައި)
  • އެޓެސްޓްކޮށްފައިވާ ޕާސްޕޯޓުގެ ކޮޕީ
  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު ދޫކުރާނެކަމުގެ ލިއުން.
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ބެޗްލަރސް ޑިގްރީ ސެޓުފިކެޓު އަދި ބެޗްލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކުރާތާ، 09 ނޮވެންބަރު 2014 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވާކަން އަންގައިދޭ ލިޔުން (ވަޒީފާ އަދާކުރާ ތަނުން ނުވަތަ ކޮށްފައިވާ ތަނަކުން).
  • TOEFL ނުވަތަ IELTS ހުށަހަޅަންވާނެއެވެ.

   - ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 09 ނޮވެންބަރު 2014 (އާދީއްތަ) ދުވަހުގެ 12:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 14:30 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

04 ނޮވެންބަރު 2014
ހޯދާ