މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމެއް ޤާއިމުކުރުން

ރ. މާކުރަތުގައި ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމެއް ޤާއިމުކުރުން

މިރަށުގައި ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ އިޢުލާން ނަންބަރު: IUL)305-CA305/305/2014/129)ފ(20 އޮކްޓޫބަރު 2014) ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

1. މާޅޮސްމަޑުލު އުތުރުބުރީ މާކުރަތުގައި ވާރޭފެން ރައްކާ ކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  (ހ) ރ. މާކުރަތު ޕްރީސްކޫލުގެ އިރުމަތީގައި ބެހެއްޓިފައިވާ ޢާންމު ފެންހަންތައް ބެހެއްޓިފައިވާ އިމާރާތް މަރާމާތުކުރުމާއި ފެންހަންތައް މަރާމާތުކޮށް ފެންވައިރުކުރުން.

  (ށ) ރ. މާކުރަތު މަސްޖިދުލް އަންވާރުގެ ގޯތިތެރޭގައި ބެހެއްޓިފައިވާ ފެންހަންތައް މަރާމާތުކޮށް ހިޔާކުރުމާއި ފެންވައިރު ކުރުން.

  (ނ) ރ. މާކުރަތު މަސްޖިދުލް ނަޖާހިއްޔާގައި ވާރޭފެން ރައްކާކުރުމަށް ހަން ބެހެއްޓުމަށް ބުޑު ހަދައި ހިޔާކުރުން.

  (ރ) ރ. މާކުރަތު ކައުންސިލުގެ އިދާރާގައި ވާރޭފެން ރައްކާކުރުމަށް ހަން ބެހެއްޓުމަށް ބުޑު ހަދައި ހިޔާކުރުން.

  (ބ) ރ. މާކުރަތު މަސްޖިދުލް ސަލާމް މިސްކިތުގައި ވާރޭފެން ރައްކާކުރުމަށް ހަން ބެހެއްޓުމަށް ބުޑު ހަދައި ހިޔާކުރުން.

2. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

3. މި މަޝްރޫޢުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00 ގައި ރ. މާކުރަތު ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 1:00 ގައި ރ. މާކުރަތު ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

  ހ. މާޅޮސްމަޑުލު އުތުރުބުރީ މާކުރަތުގައި ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމު ޤާއިމުކުރުން.

  ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

  ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

5. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ.

6. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6580015 ނަންބަރަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ