ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ތިރީގައިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް:

އެމް.އެސް 1 (މެނޭޖިރިއަލް ސަރވިސް)

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޜަން:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލް ސަރވިސް

މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ބޭނުންވާ އަދަދު:

1

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ބިލެތްދޫ ކައުންސިލްގެ އިދާރާ/ (ސެކްޝަން B / ޔުނިޓް B1)

ތަޢުލީމާއި ތަޖުރިބާ:

  1. އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ދާއިރާއިން ނުވަތަ އެއާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. 1. (ހ)  ވިޔަފާރި ސައިހޮޓާ ކެފޭ ރެސްޓޯރަންޓު ގެސްޓްހައުސް ޢާއްމު މާރުކޭޓް ފަދަ ތަންތަން ރަޖިސްޓްރީކޮށްދިނުންއެދި ހުށަހަޅައިފިނަމަ، ވިޔަފާރި ހުއްދަ، ރަށު ކައުންސިލްގެ އިދާރާތަކުން ދޫކުރުމުގެ ޤަވާޢިދާއެއްގޮތަށް ރަސްމީ ދެދުވަހުގެ ތެރޭގައި ނަން ފާސްކުރަން ހުށަހަޅައި، ނަން ފާސްވުމުން، ލަސްވެގެން ތިން ދުވަހުގެތެރޭގައި ރަޖިސްޓްރީ ނިންމައި، ވެރިފަރާތާ ޙަވާލުކުރުން.

(ށ) ވިޔަފާރި  ސައިހޮޓާ ކެފޭ ރެސްޓޯރެންޓު ގެސްޓްހައުސް ޢާއްމު މާރުކޭޓް ފަދަ ތަންތަނުން ފީ ދައްކާތޯބަލައި، ފީނުދައްކާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކާ ދޭތެރޭގައި އިޞްލާޙި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ޤަވާޢިދާ އެއްގޮތަށް ކުރުމާއެކު، މިފަދަ ކަންތައްތައް މަހަކު އެއްފަހަރު ބަލައި ޗެކުކޮށް، ރެކޯޑުތައް ފުރިހަމަކުރުން.

(ނ) ވިޔަފާރި  ސައިހޮޓާ ކެފޭ ރެސްޓޯރަންޓު ގެސްޓްހައުސް ޢާއްމު މާރުކޭޓް ފަދަ ތަންތަން ރަޖިސްޓްރީބާޠިލްކޮށްދިނުންއެދި ހުށަހަޅައިފިނަމަ، ރަސްމީ 2 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާޠިލުކޮށް، ކަމާބެހޭ ރެކޯޑްތައް ފުރިމަކުރުން.

  1. 2. ހ) ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު، މަހަށްފުރި އުޅަނދުފަހަރާއި ބޭނިމަހުގެ ހިސާބު މަސައްކަތު މީހުން މެދުވެރިކޮށް ނަގައި، މޫސުމާއި މަސްވެރިކަމުގެ ރިޕޯޓް، ހެނދުނު 09.00 ގެ ކުރިން، ކުރީ ދުވަހުގެ ރިޕޯޓް ޖެހިގެން އަންނަދުވަހު އަތޮޅުކައުންސިލް އިދާރާއަށް ފޮނުވުން.

(ށ) މަސްވެރިކަން ކުރާ އުޅަނދުފަހަރުން ހުށަހަޅާ ފާނަމަސްވެރިކަމުގެ ރިޕޯޓާއި، ދުވަހު މަސްވެރިކަމުގެ ރިޕޯޓް ލިބުމުން، ކައުންސިލް އިދާރާއަށް ބަލައިގަނެ، މަހަށްފުރި ދުވަހާއި، ފާނަމަސްވެރިކަމުގެ ރިޕޯޓް ޖުމްލަކުރުމާއި، މަސްރިޕޯޓް 1،2 ތައްޔާރުކޮށް، ކޮންމެ މަހެއްގެ 10 ގެކުރިން ކަމާގުޅޭ މުއައްސަސާއަށް ފޮނުވުމަށްޓަކައި އަތޮޅުކައުންސިލް އިދާރާއަށް ފޮނުވުން.

(ނ) ފަލަމަޑީގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ ހިސާބު  ކޮންމެ މަހަކު ދެފަހަރު ހޯދައި ރެކޯޑް ކުރަމުންގެންދިއުމާއި، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ތެރޭގައި ނުވަތަ މިނޫންވެސް ދުވަސްވަރެއްގައި އެ މަޢުލޫމާތު ހޯދުމަށް މުއައްސަސާއަކުން އެދިއްޖެނަމަ، އެދުނު އުސޫލެއްގެމަތީން މަޢުލޫމާތު ފޮނުވުން.

(ރ) މަސްވެރިކަމާއި ދަނޑުވެރިކަމުން ކޮންމެ މަހަކު ރަށަށް ލިބޭ އާއްމުދަނީގެ މަޢުލޫމާތު އެއްކޮށް، ޖެހިގެން އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިން ރިޕޯޓެއް ތައްޔާރުކޮށް، ކައުންސިލާ ހިއްސާކުރުމަށް ބިއުރޯއަށް ހުށަހެޅުން.

(ބ) މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިޤްތިޞާދީގޮތުން ހޯދޭ ނަފާ އިތުރުކުރުމަށްޓަކައި  މަޢުލޫމާތު ހޯދައި ކޮންމެ 6 މަހަކުން އެއްފަހަރު މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.

(ޅ) ރަށުގެ އިންފްލޭޝަންރޭޓަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތާއި، ޖީ.ޑީ.ޕީ ރިޕޯޓު އެކުލަވާލައި،  ކޮންމެ 3 މަހުން  އެއްމަހު ކައުންސިލާ ހިއްސާކުރުމަށް ބިއުރޯ ޔުނިޓަށް ހުށަހެޅުން.

  1. 3. (ހ) ރަށާބެހޭ އާއްމު މަޢުލޫމާތު ހޯދައި ރެކޯޑުކޮށް، ޢާއްމު ޙާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރުން.

(ށ) ރަށާބެހޭ މަޢުލޫމާތު ހޯދައި އެއްކުރުމާއި، ކޮންމެ ތިން މަހުން އެއްމަހު ސަރުކާރުގެ ކަމާބެހޭ ފަރާތަށް ފޮނުވަންޖެހޭ ރަށާބެހޭ މަޢުލޫމާތު ރިޕޯޓް ތައްޔާރުކޮށް، އަހަރުގެ ފުރަތަމަ ރިޕޯޓު، އޭޕްރީލް 10 ގެކުރިން، ދެވަނަ ރިޕޯޓު ޖުލައި 10 ގެކުރިން، ތިންވަނަ ރިޕޯޓު، އޮކްޓޫބަރު 10 ގެކުރިން، ހަތަރުވަނަ ރިޕޯޓު، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ 10 ގެކުރިން ފޮނުވުން.

  1. 4. ކައުންސިލަށް އާއްމުދަނީ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.
  2. 5. ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރައްޔިތުންގެ ޢިމާރާތްތަކާއި ރައްޔިތުންގެ ނަމުގައި ގެންގުޅޭ ތަކެތި ކުއްޔަށްދީ ބެލެހެއްޓުމާއި، ރަށުގެ ފަރުދުންގެ އެކިއެކި ބޭނުންތަކަށް އަނބުރާ ގެންނަގޮތަށް ދޫކުރެވޭ ތަކެތި ދޫކޮށް ބެލެހެއްޓުން.
  3. 6. (ހ) މިސްކިތްތަކާއި ކައުންސިލް އިދާރާއަށް ބޭނުންވާ ލިޔެކިޔުމުގެ ތަކެތި ފިޔަވައި އެހެނިހެން ތަކެތި ހޯދުމަށް ކޮންމެ މަހަކު އެއްފަހަރު ސްޓޮކް ޗެކްކޮށް، ސްޓޮކުން މަދުވާތަކެއްޗަކީ ކޮބައިތޯ ބަލައި، އެފަދަ ތަކެއްޗަކީ އިދާރާއަށް ބޭނުންވާ ތަކެތިތޯ ޔަޤީންކޮށް، ތަކެތި ހޯދުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހުރިތޯ ބަލައި، ދައުލަތުގެ މާލިއްޔަތާބެހޭ ޤަވާޢިދާއެއްގޮތަށް ތަކެތިހޯދުމަށް މަސައްކަތްކުރުން.

(ށ) ސެކްޝަންތަކަށް ބޭނުންވެގެން ހުށަހަޅާ ތަކެތި ހޯދުމުގައި އެފަދަ ތަކެއްޗަކީ ބޭނުންވާ ތަކެތިތޯ ޔަޤީންކޮށް، ތަކެތި ހޯދުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހުރިތޯ ބަލައި، ދައުލަތުގެ މާލިއްޔަތާބެހޭ ޤަވާޢިދާއެއްގޮތަށް ތަކެތިހޯދުމަށް މަސައްކަތްކުރުމާއި، މިގޮތަށް ހުށަހެޅޭ ތަކެތި ހޯދުމުގައި ފުރިހަމަކުރަންޖެހޭ ލިޔެކިއުންތައް ރަސްމީ 5 ދުވަހުގެ ތެރޭގައި ފުރިހަމަކޮށް، ކަމާގުޅޭ ފަރާތްތަކަށް ފޮނުވުމާއި، ތަކެތި ލިބުމުން ރަސްމީ ދެ ދުވަހުގެތެރޭގައި ސްޓޮކަށް ނެގުމަށް ބޭނުންވާ މަޢުލޫމާތާއެކު ތަކެތި  ހަވާލުކުރުމާއި، ތަކެތި ހޯދުމަށް ފުރިހަމަކޮށް ހުށަހެޅި ޑޮކިއުމެންޓްތަކާއި އިންވޮއިސްތައް ހަމަކޮށް ފައިސާ ނެގުމަށް ކަމާބެހޭ މުވައްޒަފާ ހަވާލުކުރުން.

  1. 7. ކައުންސިލް އިދާރާގެ ހަރުމުދަލުގެ ރަޖިސްޓަރީ (އިންވެންޓްރީ) ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެ ޤާނޫނުގެދަށުން ހެދިފައިވާ ޤަވާޢިދާ އެއްގޮތަށް ބަލަހައްޓައި، އަންނަ އުނި އިތުރު ޤަވާއިދުން ބެލެހެއްޓުން.
  2. 8.  އިދާރާއިން އެކުލަވައިލާ ތާވަލާއި ހަމަޖައްސާ އުސޫލެއްގެމަތިން، ގަޑިޖެހުމުގެ 10 މިނިޓްކުރިން އިދާރާ ހުޅުވުމާއި، އިދާރާ ބަންދުކުރާ ގަޑިޖެހުމުން އިދާރާ ބަންދުކުރުމާއި، އިދާރާ ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހެއްގައި އިދާރާ ނުހުޅުވޭފަދަ ޢުޒުރެއް މެދުވެރިވެއްޖެނަމަ، ކުރިން ވެރިޔަކަށް ނުވަތަ ކަމާބެހޭ މުވައްޒަފަކަށް 15 މިނިޓު އެންގުން.
  3. 9. މަސައްކަތާ ގުޅޭގޮތުން ދައުލަތުގެ އެކި މުއައްސަސާތަކަށް ފޮނުވަންޖެހޭ ރިޕޯޓުތަކަށް ބޭނުންވާ މަޢުލޫމާތު ހޯދައި،   މައްސަލަ ނުހުންނާނޭގޮތަށް ޒިންމާދާރުގޮތެއްގައިތައްޔާރުކޮށް، ފޮނުވުމަށް ކަނޑައެޅިފައިވާ ތާރީޚަކަށް ފޮނުވައި ނިންމުން.
  4. 10. ކައުންސިލަށް ދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި، ދަތުރު އެލަވަންސް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2014 ނޮވެންބަރު 10 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު މި އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި އިދާރާގެ ކައުންޓަރުންނާއި، ސީ.އެސް.ސީ ގެ ވެބްސައިޓު www.csc.gov.mv އިންނާއި، މި އިދާރާގެ ވެބްސައިޓް www.bilehdhoo.gov.mv އިން  ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރުގެ ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފަކު، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން  ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

އެހެނިހެން ކަންތައްތައް:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ އުމުރުން 55 އަހަރުންމަތީގެ މީހެއް ކަމުގައި ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު  ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ވަޒީފާގެ ޝަރުޠު
  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • ފެންވަރާއި ހުނަރު

އިންޓަވިއު ކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނޭ ތަނަކާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އެހެންކަމުން،  އެ ތާރީޚަށް އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ ނަންބަރު: 6740013 ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740595 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

3 މުޙައްރަމް 1436

 

27 އޮކްޓޫބަރު 2014
ހޯދާ