މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މީޑިއާ އޮފިސަރ (އެމް.އެސް 1)

މި ކައުންސިލުގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު އަދި ރޭންކު:

މީޑިއާ އޮފިސަރ  (އެމް.އެސް 1)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

މުސާރައިގެ %35

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މީޑިއާ ސަރވިސް ޔުނިޓް

ތަޢުލީމާއި ތަޖުރިބާ:

 

  1. މީޑިއާގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. މީޑިއާގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  3. މީޑިއާގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލުގެ ފަރާތުން ބާއްވާ ނިއުސްކޮންފަރެންސްތަކާއި ޕަބްލިކް ރިލޭޝަންސް އިވެންޓްތަކުގެ އިންތިޒާމު ހަމަޖެއްސުން.
  2. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުމާއި، މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި، މައްސަލަ ބަލާ މަޖިލީހުގެ އިންތިޒާމު ހަމަޖެއްސުން.
  3. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ކަންކަން އަންގަންޖެހޭ ފަރާތްތަކަށް އަންގާ އެންގުންތައް ޑްރާފްޓްކުރުން.
  4. ކައުންސިލުން ނެރޭ ނޫސްބަޔާންާއި، ދެންނެވުމާއި، ސާކިއުލާރފަދަ ތަކެތި ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  5. އިނގިރޭސި ބަހުންނާއި ދިވެހިބަހުން ކައުންސިލުގެ ޚަބަރުތައް ތައްޔާރުކުރުން.
  6. ކައުންސިލުގެ ކޮމެޓީތަކުގެ ޖަލްސާތައް އިންތިޒާމް ހަމަޖައްސައި، އެ ޖަލްސާތަކުގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުން،
  7. ކައުންސިލުގެ ޖަލްސާތަކުގެ އެޖެންޑާއި، ޔައުމިއްޔާއާއި، ނިންމުންތަކާއި، ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.
  8. ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔަރުކޮށް ފޮނުވުން.
  9. މީޑިއާގެ މިނިވަންކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ހުރަސްއެޅޭގޮތަށް ހިނގާ ކަންކަން ބަލައި، އެކަންކަން ކައުންސިލުގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، މީޑިޔާއާ ގުޅިގެން ހިނގާ ހާދިސާތަކުގެ ރިކޯޑު ބެލެހެއްޓުން.
  10. ޤާނޫނާއި ގަވާއިދު ތަންދޭގޮތުގެމަތިން ކައުންސިލުގެ އިސްވެރިންނާއި، ކައުންސިލުގެ ރިޔާސަތުންނާއި، މެންބަރުން ހަވާލުކުރާ އެންމެހައި މަސައްކަތް ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބެލޭނެ މައިގަނޑު ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  2. އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  5. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު". ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލައިފިނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

ފޯމު ފޮނުވަންވީ ތާރީޚާއި ތަން:

2014 ނޮވެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ 15:00 ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން 2014 ނޮވެންބަރު 17 އިން 20 އަށް މި ކައުންސިލުގައި ކުރިއަށްދާނެއެވެ.

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭ ފޯމު މި ކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ފޯނު ނަންބަރު: 3003886 އާ ގުޅުއްވުން އެދެމެވެ.


05  މުޙައްރަމް  1435

29 އޮކްޓޫބަރު 2014
ހޯދާ