ފެކަލްޓީ އޮފް އާޓްސް
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުން

09 ނޮވެންބަރު 2014 ން 20 ނޮވެންބަރު 2014 އަށް އޮންނަ، 2014 ވަނަ އަހަރުގެ މިފެކަލްޓީގެ ދެވަނަ ސެމެސްޓަރުގެ އިމްތިޙާނުގައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު: 05     

އުޖޫރަ ދެވޭގޮތް:

   މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް: -/100ރ (ސަތޭކަ ރުފިޔާ) 

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

   އެގްޒާމް އޮންނާނީ ދެ ދަންފަޅި ނުވަތަ ތިން ދަންފަޅިއަށް ބަހާލައިގެންނެވެ. އެއީ ހެނދުނާއި ހަވީރު އެވެ. ކޮންމެ ދަންފަޅިއެއްގައި މަދުވެގެން 3 ގަޑިއިރާއި ބައިގެ ވަގުތެއް ހޭދަވާނެއެވެ.

ކުރަންޖެހޭމަސައްކަތް.

   އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް، މިފެކަލްޓީން އަންގާގޮތެއްގެ މަތިން ކުރުން.

     ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން އެބޭފުޅެއްގެ ސިވީ، ސެޓުފިކެޓު އަދި އައިޑީކާޑުގެ ކޮޕީއާއެކު މިހިނގާ އޮކްޓޫބަރު މަހުގެ 27 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ފެކަލްޓީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

 26 ޛުލްޙިއްޖާ 1435

20 އޮކްޓޫބަރު 2014
ހޯދާ