ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމު:

ރޭންކް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އެމް.އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ:

ޔުނިޓް:

ހިންނަވަރު ކައުންސިލް އިދާރާ

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

ހިންނަވަރު ކައުންސިލް އިދާރާ

6,295.00 ރުފިޔާ

ސަރވިސް އެލެވަންސް:

2,000.00ރުފިޔާ

ބޭނުންވާ ޢަދަދު:

01

މަގާމުގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުންނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް:

1- ކައުންސިލަށް އާމްދަނީ އިތުރުކުރުމަށްޓަކައި ލިބިފައިވާ ވަޞީލަތްތައް ކައުންސިލަށް އެންމެ ފައިދާހުރި އެންމެ އެފިޝެންޓްކޮށް މެނޭޖްކޮށް ބޭނުންކުރުން.

2- ކައުންސިލަށް ލިބިފައިވާ ވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންކުރެވޭނެ އެންމެ ރަނގަޅު އެންމެ ފަސޭހަގޮތްތައް ދެނެގަނެ، ކައުންސިލް އިދާރާގެ ބިޒްނަސް ޕްލޭން އެކުލަވާލުމާ ރިވައިޒްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

3- ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމާ އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

4- ކައުންސިލްއަށް ލިބޭ ޢާމްދަނީ ހިސާބުކުރުމާ ލިބެންޖެހޭ އާމްދަނީ ހޯދުމަށް މަސައްކަތްކުރުމާ، އާމްދަނީ ހޯދުމަށް ބޭނުންވާ ޙަރަކާތްތައް ރާވައި ހިންގުން.

5- ކައުންސިލްގެ ވަސީލަތްތައް، އެކުލަވާލެވިފައިވާ ބިޒިނަސް ޕްލޭނާ އެއްގޮތަށް ބޭނުންކުރެވެމުންދޭތޯ ކަށަވަރުކުރުމާ އެކަން އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ކައުންސިލްގެ މަޝްވަރާގެ މަތިން ގެނައުން.

6- ރަށުގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތުގެ އަލީގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

7- ރަށުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންކަން ތަރައްޤީ ޕްލޭނާއި އަހަރީ މަސައްކަތު ތާވަލުގައި ހިމެނުމަށްޓަކައި ބޭނުންވާ ކޮންސަލްޓެންސީ ކަމާބެހޭ މުވައްޒަފުންނަށްދީ ޢަމަލީގޮތުން ޙަރަކާތްތެރިވުން.

8- ކައުންސިލް އިދާރާގެ މުދަލާއި ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

9- ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަން ކުއްޔަށް ދޫކުރުމާއި އެތަންތާނގެ ރަޖިސްޓަރީ ބެލެހެއްޓުމާ އެތަންތަނަށް އާމްދަނީ ލިބޭނެ އިތުރުގޮތްތައް ބަލައި އެކަންކަމަށް މަސައްކަތްކުރުން.

10- ކައުންސިލް އިދާރާއާ އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަން މަރާމާތުކުރުމާ އެތަންތަން ބެލެހެއްޓުމާއި އެކަންކަމާއިބެހޭ މަސައްކަތް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި ތަމްރީނު

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި ތަޖުރިބާ

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

  • ލަސްވެގެން 2014 ނޮވެންބަރު މަހުގެ 15 ގެ ކުރިން ހިންނަވަރު ކައުންސިލް އިދާރާގައި ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައި.
  • 10 ފަރާތަށް ވުރެ ގިނަ ފަރާތުން ވަޒީފާއަށް ކުރިމަތިލާފައިވާނަމަ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލައި އެޗް.އާރު.އެމް.ޑީ ކޮމިޓީ ނުވަތަ އިންޓަރވިއު ޕެނަލްއިން ނަންތައް ސޯޓްލިސްޓްކޮށް ހޮވޭ 10 ފަރާތަށެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

26 އޮކްޓޫބަރު 2014 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހިންނަވަރު ކައުންސިލް އިދާރާއަށް

އުޖޫރައާއި އިނާޔަތްތައް:

ސިވިލް ސަރވިސް ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ހިންނަވަރު ކައުންސިލް އިދާރާއިން ނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ސައިޓުން ލިބެން ހުންނާނެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (6620301) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (6620301) އެވެ.އީ މެއިލް ކުރައްވާނީ ([email protected]) އަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޛުލްޙިއްޖާ 1435

15 އޮކްޓޫބަރު 2014
ހޯދާ