ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އުފައްދަވައި، އެ މަޢުލޫމާތު ހުށަހެޅުމާބެހޭ

ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އުފައްދަވައި، އެ މަޢުލޫމާތު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމާބެހޭ

ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" ގެ ނަމުގައި ކޮމެޓީއެއް އުފެއްދުމަށް ޤާނޫނު ލާޒިމުކުރާ ފަރާތްތަކުން ކޮމެޓީ އުފައްދައި، އެކަމުގެ މަޢުލޫމާތު އެ ޤާނޫނު ފާސްވެ ތަޞްދީޤުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށް، އެ ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތިން އެ މަޢުލޫމާތު 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން ލިޔުމަކުން މި ޓްރައިބިއުނަލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން މަޢުލޫމާތު ހުށަހަޅުއްވާއިރު، އެއިދާރާއެއްގެ ނަމާއި، ކޮމެޓީ އުފެއްދެވި ތާރީޚާއި އަދި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ މަޢުލޫމާތު (ނަން، މަޤާމު، ކޮމެޓީ ޗެއަރޕަރސަން އެނގޭނޭގޮތަށް) ސިޓީގައި ހިމެނުއްވުމަށް ދަންނަވަމެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3308772 ނުވަތަ 7715586 އަށް ގުޅުއްވުން އެދެމެވެ.

25 ޛުލްޙިއްޖާ 1435

14 އޮކްޓޫބަރު 2014
ހޯދާ