މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އިންފޮމޭޝަން އޮފިސަރ ކަނޑައެޅުން

ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން މި އޮތޯރިޓީން ކަނޑައަޅަންޖެހޭ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި، ޕްރިންސިޕަލް އޮފިސަރ، ޓެކްނިކަލް ސަރވިސް އެންޑް ޕްލޭނިންގ، މަރިޔަމް ޢައްބާސް (ފޯނު ނަންބަރު: 523 3339) ހަމަޖައްސައިފީމެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މި އޮތޯރިޓީން މަޢުލޫމާތަށް އެދިވަޑައިގަންނަވާ ފަރާތްތަކުން MIRA 907 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދޭ ފޯމު) ފުރިހަމަ ކުރެއްވުމަށްފަހު މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އޮތޯރިޓީގެ ވެބްސައިޓް އަދި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

20 ޛުލްޙިއްޖާ 1435

14 އޮކްޓޫބަރު 2014
ހޯދާ