ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ރޭންކް:

ޕްރޮޖެކްޓް އޮފިސަރ

އެމް.އެސް 2

ކްލެސިފިކޭޝަން ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ

ސެކްޝަން

ހިންނަވަރު ކައުންސިލް އިދާރާ

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

ހިންނަވަރު ކައުންސިލް އިދާރާ

6,295.00 ރުފިޔާ

ސަރވިސް އެލެވަންސް:

2,000.00ރުފިޔާ

ބޭނުންވާ ޢަދަދު: 01
މަގާމުގެ ޝަރުތުތައް:
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް:

1- އަތޮޅު ފަންޑާއި ސުނާމީ ފަންޑާއިބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި ފަންޑް އަޕްޑޭޓްކޮށް ބެލެހެއްޓުން.

2- ހިންނަވަރުހިޔާގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުމާ ބިލްހެދުމާއި ރަޖިސްޓަރީއާއި ރިކޯޑު ބެލެހެއްޓުން.

3- އިދާރާއާ އިދާރާގެ ބެލުމުގެދަށުގައިވާ ތަންތާނގެ އިންވެންޓްރީ ނެގުމާއި އިންވެންޓްރީ ނަންބަރުޖެހުމާއި އިންވެންޓްރީއާއިބެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.

4- އެކިއެކި މަސައްކަތްތަކާގުޅިގެން ފުރިހަމަކުރަންޖެހޭ ބިޑިންގ ޕްރޮސެސް ފުރިހަމަކުރުމާއި ބިޑް އިވެލުއޭޝަންގެ ކަންތައް ގަވާއިދުން ކުރިޔަށް ގެންދިއުމާއި ކަމާބެހޭ އެގްރިމެންޓްތައް ހެދުމާއި އެގްރިމެންޓާއި އެއްގޮތަށް މަސައްމަތްތައް ޙަވާލުކުރުން.

5- އެހީގެގޮތުގައި އެކިފަރާތްތަކުން ހަދިޔާކުރާ ތަކެތީގެ ރިކޯޑް ބެލެހެއްޓުން.

6- ކަނޑުން ލަނގުވާ ތަކެއްޗާ ހޮވައިގެން ގެންނަ ތަކެއްޗާބެހޭ މަސައްކަތަކާއި އެކަމާބެހޭ ރިކޯޑް ބެލެހެއްޓުން.

7- ނީލަމުގައި ވިއްކާލަންޖެހޭ ތަކެތީގެ ރިކޯޑް ބެލެހެއްޓުމާ އެކަމާބެހޭ އެންމެހައި މަސައްކަތްތައް.

8- ފަޅުރަށްރަށާބެހޭގޮތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުމާ އެކަމާބެހޭ އެންމެހައި މަސައްކަތްތައް.

9- އަނބުރާ ދައްކާގޮތަށް ދޫކުރަންޖެހޭ ތަކެތި ދޫކުރުމާ ބަލައިގަތުމާ ނުގެންނަ ތަކެތި އަނބުރާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

10- އިދާރާއާ އިދާރާގެ ބެލުމުގެދަށުގައިވާ ތަންތާނގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކަންތައްތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.

11- ވިޔަފާރި ހުއްދައާ ސައިހޮޓާ، ކެންޓީން، ރެސްޓޯރެންޓްފަދަ ތަންތާގެ ހުއްދައާބެހޭ ކަންތައްތައް ކުރުމާއި އެތަންތާގެ ރަޖިސްޓްރީއާ ރިކޯޑް ލިޔެ ބެލެހެއްޓުން.

12- ޖީއެސްޓީ އާއިބެހޭގޮތުން ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި ތަމްރީނު

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި ތަޖުރިބާ

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

  • ލަސްވެގެން 2014 ނޮވެންބަރު މަހުގެ 15 ގެ ކުރިން ހިންނަވަރު ކައުންސިލް އިދާރާގައި ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައި.
  • 10 ފަރާތަށް ވުރެ ގިނަ ފަރާތުން ވަޒީފާއަށް ކުރިމަތިލާފައިވާނަމަ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލައި އެޗް.އާރު.އެމް.ޑީ ކޮމިޓީ ނުވަތަ އިންޓަރވިއު ޕެނަލްއިން ނަންތައް ސޯޓްލިސްޓްކޮށް ހޮވޭ 10 ފަރާތަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހިންނަވަރު ކައުންސިލްގެ އިދާރާއަށް

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ހިންނަވަރު ކައުންސިލް އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ސައިޓުން ލިބެން ހުންނާނެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (6620301) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (6620301) އެވެ. އީ މެއިލް ކުރައްވާނީ ([email protected]) އަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޛުލްޙިއްޖާ 1435

15 އޮކްޓޫބަރު 2014
ހޯދާ