މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ކައްކައި ކާންދިނުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާބެހޭ

އެމްޓީސީސީ ތިލަފުށީ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކައްކައި ކާންދިނުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާބެހޭ:

މިކުންފުނީގެ ތިލަފުށީ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކައްކައި ކާންދިނުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 11:00 އަށް އެމްޓީސީސީ ސޯމިލްގެ 1 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

20 ޛުލްޙިއްޖާ 1435

14 އޮކްޓޫބަރު 2014
ހޯދާ