ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. ކޮމަންޑޫ ޞިއްޙީމަރުކަޒުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމާބެހޭ

ށ. ކޮމަންޑޫ ޞިއްޙީމަރުކަޒުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:00އަށް ކޮމަންޑޫގައި ނަމަ ށ.ކޮމަންޑޫ ޞިއްޙީމަރުކަޒަށް، ފުނަދޫގައި ނަމަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން، ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 13:00އަށް ކޮމަންޑޫގައި ނަމަ ށ.ކޮމަންޑޫ ޞިއްޙީމަރުކަޒަށް، ފުނަދޫގައި ނަމަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

20 ޛުލްޙިއްޖާ 1435

14 އޮކްޓޫބަރު 2014
ހޯދާ