ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެރޮބިކްސް ކުލާހެއް ހެދުމަށްޓަކައި ޒުވާނުންގެ މަރުކަޒުގެ ޢިމާރާތުގައި ބައެއްކަހަލަ މަރާމާތު ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ:

ފުވައްމުލަކުޒުވާނުންގެ މަރުކަޒުގައި އެރޮބިކްސް ކުލާހެއް ހެދުމަށްޓަކައި ޒުވާނުންގެ މަރުކަޒުގެ ޢިމާރާތުގައި ބައެއްކަހަލަ މަރާމާތު ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ފުވައްމުލަކު ޒުވާނުންގެ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކައުންސިލުގެ އިދާރާގެ ފިނިފެންމާ މާލަމަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 11:00އަށް ފުވައްމުލަކު ޒުވާނުންގެ މަރުކަޒަށް

23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަތޮޅު ކައުންސިލުގެ އިދާރާގެ ފިނިފެންމާ މާލަމަށް.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6865001 ނަންބަރު ފޯނާއެވެ.

18 ޛުލްޙިއްޖާ 1435

13 އޮކްޓޫބަރު 2014
ހޯދާ