ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އޮފީހެއް ޤާއިމު ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ:

ފުވައްމުލަކުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އޮފީހެއް ޤާއިމު ކުރުމަށް ހަމަޖެހިފައިވާ އަތޮޅުގޭގެ އިމާރާތުގައި ބައެއްކަހަލަ މަރާމާތު ކުރުމަށް ބޭނުންވެގެން ކުރެވޭ އިޢުލާނެކެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ފުވައްމުލަކު އަތޮޅުގެއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކައުންސިލުގެ އިދާރާގެ ފިނިފެންމާ މާލަމަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 13:00 އަށް ފުވައްމުލަކު އަތޮޅުގެއަށް

23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަތޮޅު ކައުންސިލުގެ އިދާރާގެ ފިނިފެންމާ މާލަމަށް.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6865001 ނަންބަރު ފޯނާއެވެ.

18 ޛުލްޙިއްޖާ 1435

13 އޮކްޓޫބަރު 2014
ހޯދާ